އައްޑޫ މީހަކު 349 ގްރާމްގެ މަސްތުވާތަކެއްޗާއެކު އެއަރޕޯޓުން ހައްޔަރު ކޮށްފި

އައްޑޫ މީހަކު 349 ގްރާމްގެ މަސްތުވާތަކެއްޗާއެކު އެއަރޕޯޓުން ހައްޔަރު ކޮށްފި

Author
ހުސައިން
21 ސެޕްޓެމްބަރ 2024 06:06
0

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އައްޑޫ ސިޓީގެ މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ސ. ހިތަދޫ / ވެހެތާނުގެ، ޢަބްދުﷲ ޞާދިޤު (65 އަހަރު) އެވެ.

އޭނާ ހައްޔަރުކުރެވުނީ މި މަހުގެ 17 ވަނަ ދުވަހު، އަންގާރަ ދުވަހު އެއަރޕޯޓުންނެވެ.

ފުލުހުން ބުނާ ގޮތުގައި، އޭނާ ހައްޔަރުކުރެވުނު އިރު އޭނާގެ އަތުން 349 ގްރާމްގެ މަސްތުވާތަކެތި ފެނިފައިވެއެވެ. ނަމަވެސް އެއީ ކޮން ބާވަތެއްގެ މަސްތުވާއެއްޗެއްކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ބަންދުގެ މުއްދަތު ކަނޑައެޅުމަށް ކޯޓަށް ހާޒިރުކުރުމުން، ފަނޑިޔާރު ވަނީ 15 ދުވަހަށް ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް އަމުރުކުރައްވާފައެވެ.

މި މައްސަލަ ދަނީ ފުލުހުންގެ އިތުރު ތަޙްޤީޤުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.