ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ، މުއުމިނެއްގެ ހިތައް އުފާވެރިކަން ވައްދައިދިނުން: ޚުޠުބާ

ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ، މުއުމިނެއްގެ ހިތައް އުފާވެރިކަން ވައްދައިދިނުން: ޚުޠުބާ

Author
ހުސައިން
20 ސެޕްޓެމްބަރ 2024 01:46
0

ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ، މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައިދިނުން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"އެންމެ މަންފާހުރި މީހާ" މިމައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޠުބާގައި ވިދާޅުވީ ﷲގެ ހަޒުރަތުގައި އެންމެ ލޮބުވެތިކަން ބޮޑު އަމަލަކީ މުއުމިނެއްގެ ހިތަށް އުފާވެރިކަން ވައްދައި ދިނުން ކަމަށާއި، އެއީ އޭނާއަށް ކުރިމަތިވި ބޮޑު މުސީބާތަކުން އޭނާ ސަލާމަތްކޮށްދިނުން ކަމުގައެވެ. ނުވަތަ އޭނާގެ ދަރަންޏެއް ފުއްދަައިދިނުން ކަމުގައެވެ. ނުވަތަ އޭނާގެ ކިބައިން ހައިހޫނުކަން ފިލުވައި ދިނުން ކަމުގައެވެ.

މިސްކިތެއްގައި ދެ މަސްދުވަހު އިއުތިކާފަށް އިނުމަށްވުރެ މުސްލިމް އަޚާގެ ބޭނުމެއް ފުއްދައިދިނުމަށް އޭނާ ގޮވައިގެން ދިއުމުގެ ލޮބުވެތިކަން ތިމަންކެލޭގެފާނުގެ އަރިހުގައި ބޮޑުވެގެން ވެއެވެ.

މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ މާނާގައި ވެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވީ ކޮންމެ މުސްލިމަކުވެސް މީސްތަކުންނަށް ފައިދާކުރި މީހަކަށް ވުމުން ﷲ އެމީހަކު ދެކެ ލޯބިވެވޮޑިގަންނަވާނެ ކަމުގައެވެ. އަދި ﷲ އެމީހަކު ދެކެ ލޯބިވެވޮޑިގެންފިނަމަ، އެކަނލާގެ އުޑުތަކާއި ބިން އެމީހެއްގެ ޚިދުމަތުގައި ލައްވާނެކަމުގައިވެސް މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

އަދި އެމީހެއްގެ ކުރިމަތީގައި އެކަލާނގެ ރިޒްގުގެ ޚަޒާނާތައް ހުޅުއްވާ ދެއްވާނޭކަމުގައިވެސް ޚުޔުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.