ކިޔަވައިގެން ރާއްޖެއަޔަސް ފުރުސަތެއްނެތް، ފުރުސަތު އޮތްތަނެއްގައި ތިބުން މާރަނގަޅު: ޑރ.ނާޒު

ކިޔަވައިގެން ރާއްޖެއަޔަސް ފުރުސަތެއްނެތް، ފުރުސަތު އޮތްތަނެއްގައި ތިބުން މާރަނގަޅު: ޑރ.ނާޒު

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 09:13
0

މިއަދު އެކި ދާއިރާތަކުން ތަޢުލީމު ހާޞިލްކޮށްގެން އަންނަ ދިވެހިންނަށް ރާއްޖޭގައި ފުރުސަތު ނެތްކަމަށާއި، ރާއްޖެއިން ބޭރުގައި ކިޔެވުމަށްފަހު ރާއްޖެއަށް އައުމަށްވުރެ މިއަދު ފުރުސަތު އޮތް ޤައުމަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ކުރުން މާބުއްދިވެރިކަމަށް ޑރ.އައިޝަތު އަލީ ނާޒު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ކިޔަވައިގެންތިބި ތަޢުލީމީ ޤާބިލު ޒުވާނުންނަށް ފުރުސަތު ނުލިބި، ބޭރު މީހުން ރާއްޖޭގެ އިސް މަޤާމުތަކަށް ގެނެސް އައްޔަންކުރަމުންދާ މައްސަލާގައި ކަންބޮޑުވުން ފާޅުކުރައްވަމުން ޑރ.އައިޝަތު އަލީ ނާޒު ވިދާޅުވީ ކިޔަވާ އެއްޗެއްގެ ބޭނުން ނުކުރެވި، ނޫނީ ވަޒީފާގެ ފުރުސަތު ނުލިބުމަށްވަރު، އެފުރުސަތު ލިބޭނެ ގޮތަކަށް މަސައްކަތް ކުރުމަކީ ކިޔަވާ އެއްޗެއްގެ ބޭނުން ހިފުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ.

ދިވެހިންނަށް މިއަދު ބޭރުން ކިޔަވައިގެން އައިސް ރާއްޖޭގައި އެފުރުސަތު ނުލިބޭނަމަ ބޭރުގެ ޤައުމުތަކުން ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި، ރާއްޖެއިން ބޭރުގައި ޚިދުމަތްކުރުންވެސް މިއަދު މާ ރަނގަޅުވާނެކަމަށް ނާޒު ވިދާޅުވިއެވެ.

ކިޔަވައިގެން ކޮންމެހެން ރާއްޖެއަށް އަންނާނެ ކަމެއްނެތް. ވަޒީފާއެއްނެތި ބިކަހާލު މީހާ ގޭނި ގޭނި އުޅެން ނޫނީ ޒަމީރު ވިއްކާލައިގެން އުޅުމަށްވުރެ، އުގެނުނު އިލްމަށް އިޚްތިރާމްކުރާ، މަސައްކަތުގައި އިންސާފު ހިމެނޭ ތަނަކުން ފުރުސަތު ލިބިއްޖެނަމަ ހަމަ ދާންވީ. ރާއްޖެއަށް ދެން ބޭރު މީހުން ގެންނާނެތާ. އޯކޭ އޭ.

– ޑރ.އައިޝަތު އަލީ ނާޒު ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑެތި މުސާރަލިބޭ ކުންފުނި ތަކުގެ އިސްވެރިންނަށާއި، ބައެއް އޮފީސްތަކުގެ ވެރިންނަށް ބޭރުމީހުން ހަމަޖައްސައި ދިވެހި ތައުލީމީ ޒުވާނުންނަށް އެފުރުސަތު ގެއްލުވާލަމުންދާތީ އެކަމަށް ގިނަބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ދާދިފަހުން ޕެންޝަން އޮފީހުގެ ތާރީހުގައިވެސް އެއޮފީހުގެ ސީއީއޯގެ މަޤާމުވަނީ ބިދޭސީއަކާއި ހަވާލުކޮށްފައެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތު ބޭފުޅެކެވެ.

މިނޫންވެސް ގިނަ އިޤްތިޞާދީ ބޮޑެތި މުއައްސަސާތަކުގެ ވެރިންނަށް ދަނީ ބޭރުގެ މީހުން ހަމަޖައްސަމުންނެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލިޑިވްސްއާއި، އެއާރޕޯޓްގެ ބައެއް އިސް މަޤާމުތަކަށްވެސް ބޭރުގެ މީހުން ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. ކޯވިޑް-19 އާއި ގުޅިގެން ގިނަ ޒުވާނުން ވަޒީފާ ނުލިބި މަގުމަތިވެފައިވާއިރު، މިދަނޑިވަޅަކީ ބޭރުގެ މީހުން ވަޒީފާތަކަށް ގެނައުމުގެ ބަދަލުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭންވީ ވަގުތުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ޖ ޖަމީލް
އުޚްތާ އެވެ. ސާބަހެވެ. ތިޔައީ ތެދުފުޅެކެވެ. އެކަމަކު އިބޫއަކީވެސް އެ ބަހާއި އެހާ ތިމާގެ ބޭފުޅެއް ނޫންކަމުން އަބަދު އަނބިކަނބަލުންނަށް އުނދަގޫ ކުރެއްވުމުގެ ބަދަލުގައި . އަދި އެކަމަނާއަށް ނުލިއުއްވޭ ވަރުގެ ސްޕީޗްތައް ލިއުއްވަން މިފަދަ މީހެއް ރީތިނަމެއްގައި ބެހެއްޓެވުން އެއީ އެހާ ހުތުރުކަމެއްތޯއެވެ. އަމިއްލަފުޅަށް ގެންނެވިނަމަ ޖީބުން ކިހާވަރެއް ގެއްލިިދިޔާސްތޯއެވެ. .އެލިބުނު އެހީކޮޅު ހުުސްވާއިރުވެސް......... އަދިއެހެންނޫނަސް ގައުމީ ކޮސްޓީމަށް އެންމެ ނުފޫޒުހިންގަވާ ގޭތެރޭގެ ޅިޔަނު ފަސްކުޅި ކުރިޔަށް ކުޅުއްވައި އެ ވަޒީފާއަށް ލެއްވީ އެފަރަށް ދެވޭފަހަރު އެފަރުގައި މިފަރަށް އާދެވޭފަހަރު މިހޮރުގައި އެއްތަށިން ސަލާމްކޮށްލެވޭވަރުގެ ބޭފުޅެއް ނޫންތޯއެވެ. އިސްލާމީ މުޖްތަމައެއް ފުނޑާލަމުން އަބުރުވެރި ގައުމެއް ނެތިކޮއްލާ މިފަދަ ދަނޑިވަޅެއްގައި ހިތްވަރު ގަަދަކުރައްވައި ދިވެހި މުޖްތަމަޢަށް ކަމަނާ ތިޔަ ދެއްވި މެސެޖް ބަލައިގަތުމަށް ދިވެހި އެންމެހައި އަޚުންނާއި އުޚްތުންނަށް އިލްތިމާސް ދަންނަވަމެވެ. شكرية
M Maalas
Furusathuneikamennenge, dhivehirayyithun athun boduagu nagaigen clinic thah hingaairu, mives Fact Hijamah ulheyhen ulheymeeheh