ރާއްޖޭގެ މަސްވެރިން މިއަދު ކުރަމުންދާ އިޚުތިޖާޖުތަކަށް ޖަދަލުކޮށް ބަހަނާ ދެއްކުމުގެ ބަދަލުގައި މަސްވެރިންގެ ޝަކުވާތަކާއި، ކަންބޮޑުވުންތައް އަޑު އަހައި އަވަސް ހައްލުތަކެއް ހޯދައި ދިނުމަށް މަސްވެރިން ޔޫނިއަންގެ އިސްބޭފުޅެއްކަމުގައިވާ އިމްރާން މުހައްމަދު ގޮވާލައިފިއެވެ.
ބޮޑުކަންނެލީގެ މަސްވެރިކަންކުރާ މަސްވެރިންނާއި، ދޮށީގެ މަސްވެރިކަންކުރާ މަސްވެރިން ހުރި ކަންބޮޑުވުންތައް ފާޅުކޮށް މަހަށް ނުގޮސް ކުރަމުންދާ އިޚުތިޖާޖުތަކާއި ގުޅިގެން އިމްރާން ބުނެފައިވަނީ މަސްވެރިން އަޑު އުފުލަނީ ސަބަބުތަކެއް ހުރެގެންކަމަށެވެ. މަސްވެރިން އަޑު އުފުލައި ފާޅުކުރަމުންދާ ޝުއޫރުތަކަށް ޖޯކު ޖަހައި، އެކަންކަމަށް ބީރުކަންފަތެއް ނުދެއްވައި ޒިންމާދާރު މުއައްސަސާތަކުން އެކަންކަމަށް ހައްލު ގެނެސްދިނުމަށް އިމްރާން ވަނީ ގޮވާލާފައެވެ.
މަސްވެރިން މިވަރަށް ޝުޢޫރު ފާޅުކުރަން ޖެހޭނީ ހަމަ ހަޤީޤަތުގަވެސް މަސްވެރިންގެ ކަންބޮޑުވުންތަކެށް ހުރީމަ. މަސްވެރިންނާ ޖަދަލު ކުރުމުގެ ބަދަލުގައި އަޑުއައްސަވާ އަވަސް ހައްލުތައް ގެނެސްދެއްވާ.
– އިމާރާން ބުނެފައިވެއެވެ.
ރާއްޖޭގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު މަހަކު 22،000 ރުފިޔާ ލިބޭނެކަމަށް ވިދާޅުވެ މަސްވެރިކަމައިބެހޭ ވަޒީރު ދައްކަވާފައިވާ ވާހަތަކަށް އިޝާރާތްކޮށް އިމްރާން ބުނެފައިވަނީ މަހުގެ އަގު އިންތިހާއަށް ދަށްވަމުންދާއިރު މަސްވެރިންނަށް ލިބޭ މުސާރަ ބޮޑުވާނެކަމަށް ޤަބޫލުކުރާނެ މީހަކު ނެތްކަމަށެވެ. މަހަށްލިބޭ އަގަކީ މަސްވެރިންގެ އާމްދަނީއާއި ގުޅިފައިވާ މައިގަޑު އުޖޫރައަށްވާއިރު، އެކަން ރަނގަޅުނުވެ މަސްވެރިންނަށް ލިބޭނެ އުޖޫރަ ރަނގަޅުވާނެކަމަށް ބުނަމީ މަސްވެރިންވެސް އަދި އާންމު އެހެން ރައްޔިތުންވެސް ޤަބޫލުކުރާނެ ވާހަކައެއް ނޫންކަމަށް އިމްރާން ވަނީ ބުނެފައެވެ.
މަހުގެ އަގު ދަށްވާ ވަރަކަށް މަސްވެރިޔާ އަށް ލިބޭ އާމްދަނީ ބޮޑުވާ ކަމައް ވިދާޅުވީމަ ކާކުތޯ ތިވާހަކަ ގަބޫލު ކުރާނީ؟ މިނިސްޓަރ ޒަހާ ވަހީދު މަސްވެރިންގެ ކަންބޮޑުވުން ތަކަށް އަވަސް ހައްލެއް ލިބޭނެކަމަށް އުއްމީދު ކުރަން!
– އިމްރާން ބުނެފައިވެއެވެ.
މަސްވެރިންނަށް މިހާރު މަހަކު22،000 ރުފިޔާ ލިބޭނެކަމަށް ވިދާޅުވެ ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންވަނީ ސަރުކާރަށާއި، ވަޒީރަށް އަމާޒުވެފައެވެ. ގިނަ މަސްވެރިންތަކެއް އިހުތިޖާޖުކޮށް އަޑު އުފުލަމުންދާ މިފަދަ ވަގުތެއްގައި މަސްވެރިން ދައްކާ ވާހަތަކަށް އިޖާބަނުދީ، މިފަދަ ވާހަކަތައް ދެއްކުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ