ސަރުކާރުގެ އަމާޒުހުރީ އެއްބައިވަންތަކަން ނަފްތަރާއި، ރުޅިވަރިކަމުން ބައިބައި ކުރުމަށް: ސައީދު

ސަރުކާރުގެ އަމާޒުހުރީ އެއްބައިވަންތަކަން ނަފްތަރާއި، ރުޅިވަރިކަމުން ބައިބައި ކުރުމަށް: ސައީދު

Author
މުޙައްމަދު ޝަޒައިމް
26 ޑިސެމްބަރ 2020 08:11
0

ދިވެހިންގެ އެއްބައިވަންކަމުގެ ދުވަހުގެ ގޮތުގައި މިއަދު ފާހަގަކުރަމުންދާއިރު، މިހާރު އޮތް ސަރުކާރުގެ އަމާޒުހުރީ އެއްބައިވަންތަކަން ނަފްރަތާއި ރުޅިވެރިކަމުން ބައިބައި ކުރުމަށް ކަމުގައި ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

2004 ވަނަ އަހަރަށްފަހު ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހަކީ ރާއްޖޭގެ އެއްބައިވަންތަ ކަމުގެ ދުވަހެވެ. ބިރުވެރި އަދި އެހާމެ ހިތްދަތި ކަމާއި ކުރިމަތިވި ސުނާމީ އަށް 16 އަހަރު މިއަދު ވެފައިވާއިރު މިދުވަހުގެ ހަނދާނަތްތައް ދިވެހިންގެ ހިތްތަކުން އަދިވެސް ފިލައިގެން ނުދެއެވެ. މިދުވަހާއި ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސުނާމީ ހިތްދަތި ހަނދާންތަކާއި، ދިވެހިންގެ އެއްބައިވަންތަ ކުރުވި ގޮތް މިއަދުވެސް ހަނދާންތަކުން ނުދާނެކަމަށެވެ.

ނަމަވެސް މިއަދު ފެނިގެންދަނީ ދިވެހިންގެ ތެރޭގައި އޮތް އެއްބައިވަންތަކަން ނަގާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ރުޅިވެރިކަމާއި ބައިބައިވުން އުފެދޭނެ މަަސައްކަތް ސަރުކާރުން ކުރަމުންދާ މަންޒަރުކަމަށެވެ. އެގޮތުން 1953 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ހިނގާފައިވާ ނޭއްގާނީ ކަންކަން ބެލުމަށްކަމަށްބުނެ ޤާނޫނެއް ހަދައި، އަމަލުކުރުމަށް މަސައްކަތް ކުރަމުންދަނީ ވަކި މަޤްސަދެއް ހާސިލްކޮށް، ދިވެހިންގެ އެއްބައިވަންތަކަން ނަގާލުމަށް ކަމުގައި ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާއިން ފެށިގެން 2018 ނޮވެންބަރު 17 އާ ހަމައަށް ހިނގާފައިވާ ލާއިންސާނީ އަމަލުތައް ބެލުމަށް ތަސްދީޤު ކުރައްވާފައިވާ އިންތިޤާލީ އިންސާފުގެ ބިލު އެންމެ ފުރަތަމަ އަރާ ހަމަކުރަނީ މިއަދުގެ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންނަށް ކަމުގައި ސައީދުވަނީ ވިދާޅުވެފައެވެ. މާޒީގެ ދިގު ތާރީހުގައި ފަސް އެނބުރި ބަލައިލި ކަމުގައި ވީނަމަވެސް އަދި ކައިރި މާޒީގައިވެސް އެމްޑީޕީން ތަސައްވަރުކުރާ ލާއިންސަނިއްޔަތާއި، އިންސާފުން ބޭރުން އަމަލުކޮށްފައިވާ ހުރިހާ ވެރިންނާއި، ލީޑަރުން ތިބީ ވެރިކަމުގެ ތެރޭގައިކަމަށް ސައީދު ވިދާޅުވިއެވެ. ދިގު 30 އަހަރުގެ ވެރިކަމުގައި އެތައް ބަޔަކަށް ލިބިގެންދިޔަ ކަމަށް އެމްޑީޕީން ބުނާ ނުހައްގު އަނިޔާއާއި، ހިންގަމުންދިޔަ ހުދުމުހުތާރު ވެރިކަމުގެ ވެރިޔާވެސް ހުންނެވީ ވެރިކަމުގެ ކޯލިޝަންގެ ތެތޭގައިކަމަށެވެ.

އެމްޑީޕީ އުފެދުނު ފަހުން އައި އެންމެ ހިތްދަތި ދުވަސް، 2012 ވަނަ އަހަރުގެ އެމްޑީޕީގެ ވެރިކަން ވައްޓާލުމުގައި އަމަލީގޮތުން އެންމެ އިސްސަފުގައި ހަރަކާތްތެރިވި ޝައިޚް އިމްރާނާއި، ޤާސިމް އިބްރާހިމްވެސް މިއަދު ހުންނީ ކޯލިޝަން ތެރޭގައިކަމަށް ސައީދު ވިދާޅުވިއެވެ. އެމްޑީޕީން ވިދާޅުވާ މާޒީން ގެއްލިފައިވާ އިންސާފު ހޯދާނަމަ އެންމެ ފުރަތަމަ ފަށަން ޖެހެނީ ކޯލިޝަން ލީޑަރުންނާއި ހަމައިން ކަމަށާއި، މިމައްސަލަތައް ބަލައި ނިމޭއިރު ވެރިކަމެއް ނޯންނާނެކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަމާން
ސައީދު މެންވެސް ގެންދިޔައީ ހަމަ އެހެން.މައުމޫނާ ދެންތިބި މީހުނަށް ބަވާ ހަޑިހުތުރު ބަސް ބޭނުންކުރީ.ދެބައި މީހުން ވެސް ވައްކަން .ދީނަށް ފުރައްސާރަ....ތިންވަނަ ވިސްނުމަކަށް ދެން ރައްޔިތުން ބޭނުމީ.