ރާއްޖެއިން އިތުރު 25 މީހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަދު ޕޮޒިޓިވްވި 25 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 21 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 4 މީހުންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،583 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވެފައިވަނީ 15 މީހުންނެވެ، މިއާއެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،026 އަށް އަރާފައެވެ. ރާއްޖޭގައި މިހާރު އެކްޓިވް ކޭސް ނުވަތަ ބައްޔަށް ފަރުވާ ދެމުން އަންނަ މީހުންގެ ޢަދަދު ދަށަށް ދާން ފަށާފައިވާއިރު، މިހާރު އެޢަދަދު ވަނީ 502 އަށް އިތުރު ވެފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ބައްޔަށް ޓެސްޓްކުރުމަށް ނެގި 2،183 ސާމްޕަލައެކު މިހާތަަނށް ޖުމްލަ 301،481 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް މިބަލީގައި 48 މީހަކު ވަނީ މިބަލީގައި ނިޔަވެފައެވެ. އެއީ 40 ދިވެހިންނާއި 8 ބިދޭސީންނެވެ. މިވަގުތު ދަރުމަވަންތަ އައިސޫޔައި ދަނީ އެކަކަށް ފަރުވާދެމުންނެވެ.
ކޮމެންޓު ފޮނުވާ