"ވިސްނާ" ޖަލްސާގައި ވިސްނާ، ވިސްނާ ލަވަކިޔަން މެޒޯ މުހައްމަދު ތައްޔާރު!

"ވިސްނާ" ޖަލްސާގައި ވިސްނާ، ވިސްނާ ލަވަކިޔަން މެޒޯ މުހައްމަދު ތައްޔާރު!

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2020 09:51
0

އިދިކޮޅު ކޯލިޝަނުން މާދަމާރޭ "ވިސްނާ"ގެ ނަމުގައި ބާއްވާ ޖަލްސާގައި ވިސްނާ، ވިސްނާ، ލަވަކިޔަން ތައްޔާރަށް ހުންނެވި ކަމަށް މެޒޯ މުޙައްމަދު ބުނެފިއެވެ.

މާދާމަރޭގެ ޖަލްސާއަށް "ވިސްނާ" ނަން ދިނުމާއި ގުޅިގެން ބައެއް ފަރާތްތަކުން ވިސްނާ، ވިސްނާ، މިލަވަ ކިޔާފައިވާ މެޒޯ މުހައްމަށް ޖަލްސާގައި ލަވަ ކިޔުމަށް ވަނީ ދައުވަތު އަރުވާފައެވެ. އަދި ޖަލްސާގައި ލަވަކިޔަން ކެރޭނެތޯ މީހަކު އެހި ސުވާލަކަށް ޖަވާބު ދެމުން މުހައްމަދު ބުނެފައިވަނީ އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.

ވިސްނާ، ވިސްނާ ލަވަޔަކީ މުޅި ދުނިޔޭގެ މަޤުބޫލުކަން ހޯދި ލަވައެކެވެ. އެގޮތުން މަޝްހޫރު މިއުޒިކް ޗެނަލް އެމްޓީވީން 2004 ވަނަ އަހަރުވަނީ ވަނީ މިލަވަ ގެނެސްދީފައެވެ. މިއީ ދިވެހި ލަވައެއް އެޗެނަލުން ގެނެސްދިން ފުރަތަމަ ފަހަރުކަންވެސް ފާހަގަކޮށްލެވެއެވެ. މިލަވައިގެ މިއުޒިކާއި، ކިޔާފައިވާ ގޮތަށް ދުނިޔޭގެ ސަމާލުކަން ހުއްޓުނުއިރު، މިއީ މުހައްމަދު މިޔުޒިކުގެ ހަޔާތުގައިވެސް އެންމެ ހިތްހަމަ ޖެހޭ ގޮތަށް ކިޔުނު ލަވަކަށް އޭނާވެސް ވަނީ ބުނެފައެވެ.

މާދަމާރޭ އިދިކޮޅު ކޯލިޝަނުން ބާއްވާ "ވިސްނާ" ޖަލްސާއަކީ ކޯވިޑް-19 އަށް ފަހު ސިޔާސީ ޕާޓީއަކުން އިސްނަގައިގެން މާލޭގައި ބާއްވާ މިފަދަ ފުރަތަމަ ޖަލްސާއެވެ. މިޖަލްސާއަށް އެކޯލިޝަނުން ތައްޔާރުވަމުންދާއިރު، އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޯލިޝަންގެ ތަރުޖަމާން އިބާރާހިމް ޝުޖާ ވިދާޅުވެފައިވަނީ ޖަލްސާގައި ވަރަށް ތަފާތު ކަންތައްތަކެއް ފެނިގެންދާނެކަމަށެވެ.

މާދަމާރޭގެ ޖަލްސާގައި އިދިކޮޅު ލީޑަރޝިޕްގެ އިސްބޭފުޅުންނާއި، ކޯލިޝަންގެ ދެޕާޓީގެ ފަރާތުން މާލެސިޓީ ކައުންސިލަށް ކުރިމަތިލައްވާ ކެންޑިޑޭޓުންވެސް ބައިވެރިވާނެކަމަށް އެކޯލިޝަނުން ބުނެއެވެ. އިދިކޮޅު ކޯލިޝަންގެ ޖަލްސާ މާދަމާރޭ ކާނިވާ ސަރަހައްދުގައި ބާއްވާއިރު، ޖުމްހޫރީ މައިދާނުގައި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.