ވީޑިއޯ އިން ފެންނަނީ ގަވާއިދުން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް: ފުލުހުން

ވީޑިއޯ އިން ފެންނަނީ ގަވާއިދުން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް: ފުލުހުން

Author
ޙަސަން މުޙައްމަދު
07 ސެޕްޓެމްބަރ 2024 05:06
0

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަނީ ގަވާއިދުގެ ދަށުން ނައްތާލުމަށް ހަމަޖެހިފައިވާ ވެހިކަލްތަކެއް ގެންދާ މަންޒަރުކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިފަދައިން ބުނީ މެރީބްރައުން ކައިރި އޮންނަ ޓޯޔާޑް ތެރޭގައި ގެއްލުން ލިބޭހެން ފުލުހުން އަމަލުކުރާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވަމުންދާތީ އެކަމާއި ގުޅިގެންނެވެ.

މިގޮތުން ފުލުހުން ބުނީ، އެއީ ސެޕްޓެމްބަރު މަހުގެ 6 ވަނަ ދުވަހު ގަވާއިދުގެ ތެރެއިން ނައްތާލަން ހަމަޖެހިފައިވާ ވެހިކަލް ތަކެއް ގެންދާ މަންޒަރު ފެންނަ ވީޑީއޯއެއް ކަމަށެވެ.

ފުލުހުން ވަނީ ނައްތާލެވުނު އުޅަނދު ތަކުވެސް ތަފްސީލުވެސް ހިއްސާކޮށްފައެވެ. އެގޮތުން:

1) 247 ދެ ފުރޮޅުލީ އުޅަނދު

2) 29 ހަތަރު ފުރޮޅުލީ އުޅަނދު

3) 223 ބައިސްކަލް

4) އެއް އެމްބިއުލާންސް

މިކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު، އަލީ އިހްސާން ވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.