ކާވާ ވޮލީބޯޅަ ޗެލެންޖުގައި ވާދަކުރާ ޓީމަށް، ޖާޒީ ހަވާލްކޮށްފި

ކާވާ ވޮލީބޯޅަ ޗެލެންޖުގައި ވާދަކުރާ ޓީމަށް، ޖާޒީ ހަވާލްކޮށްފި

Author
ޙަސަން މުޙައްމަދު
05 ސެޕްޓެމްބަރ 2024 12:56
0

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެލެންޖް ކަޕް 2024 ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ އަންހެން ވޮލީބޯޅަ ޓީމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ޖާޒީ ހަވާލުކޮށްދެއްވައިފި އެވެ.

އަންނަ ހުކުރު ދުވަހު މާލޭގައި ފަށާ މުބާރާތުގައި ހަތަރު ގައުމަކުން ވާދަކުރާނެ އެވެ. އެއީ ތަޖިކިސްތާން، ކިރިގިސްތާން، އަފްގާނިސްތާންގެ އިތުރުން ދިވެހިރާއްޖެ އެވެ.

މިމަހުގެ 6-11 އަށް ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދާ މުބާރާތުގައި ވާދަކުރާ ދިވެހި ޓީމަށް ވަޒީރު ރާފިޢު ޖާޒީ ހަވާލްކޮށްދެއްވީ އެކަމަށްޓަކައި ޒުވާނުންގެ މަރުކަޒުގައި އޮތް ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޒުވާނުންގެ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ރާއްޖޭގެ ޤައުމީ ޓީމް އިއުލާން ކުރުމުގެ އިތުރުން، ޓީމުގެ ކެޕްޓަނާއި ވައިސް ކެޕްޓަންވެސް އިއުލާން ކޮށްފައެވެ. ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ކުޅަދާނަ އެޓޭކަރު ހައްވާ ރާޝިދާ އެވެ. އަދި ޓީމްގެ ވައިސް ކެޕްޓަނަކީ ސެޓަރު ފާތިމަތު ޖޫޒާން ޒަރީރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.