ރާއްޖޭގެ ކޮންމެ މަސްވެރިކަޔަކަށް މަހެއްގެ މައްޗަށް 22،000 ރުފިޔާ ލިބޭނެކަމަށް މިނިސްޓަރ ޒަހާ ވިދާޅުވި ދެއްކެވި ވާހަތަކާއި ގުޅިގެން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން މިނިސްޓަރ ޒަހާއާއި ސުވާލެއް ކުރިމަތި ކުރުވައިފިއެވެ.
ބޮޑުކަންނެލި ޔޫނިއަންއަކީ ރާއްޖޭގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރުމަށް ވުޖޫދުވެފައިވާ ޖަމްއިއްޔާއެކެވެ. ޖައިއިއްޔާ އފްތިތާހު ކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހު ކަނޑުމަތީގައި ބޭއްވި ޚާއްސަ އަޑު އުފުލުމުގެ ހަރަކާތުގެ ތެރެއިންނެވެ.
މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރައްވައި ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ ސަރުކާރު ކުންފުނި މިފްކޯގެ ހާލަތު ރަނގަޅުކުރުމަށް ވެސް މަސައްކަތްކުރާކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ކަޅު ބިލަ މަސް ގަނެވޭނެ އެންމެ ދަށް އަގަކަށް ކުރިން އޮތީ އަށް ރުފިޔާ ނަމަވެސް މި ސަރުކާރުން އެ އަދަދު 13 އަށް މަތިކުރިކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މަސް ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައަޅަން ޖެހުނީ މަސް ގަންނަ ކުންފުނިތަކާއި މަސްވެރިންނަށް ވެސް ގެއްލުންނުވެ އިތުރު ފުރުސަތު ފަހިކޮށްދިނުމަށެވެ. މިނިސްޓަރު ވަނީ މިވަގުތުގެ ފްލޯ ޕްރައިޒް އަށް ބަލާއި، މިހާރު މަހަކު މަސްވެރިއަކަށް އެވްރެޖްކޮށް 22،000 ރުފިޔާ ލިބޭނެކަމަށް ވެސް ވިދާޅުވެފަ އެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ކުރިން އޮތް ގޮތުންނަމަ މަހެއްގެ މައްޗަށް މަސްވެރިއަކަށް ޖެހުނީ 11،500 ރުފިޔާކަމަށެވެ.

މިނިސްޓަރގެ މިވާހަތަކާއި ގިނަ މަސްވެރިން އިތުރަށް ރުޅި ގަދަވެ މިނސްޓަރ ކައިރިން ދަނީ މިއަދަަށް ފައިސާ ލިބެނީ ކޮން މަސްވެރިންނަކަށްތޯ ސުވާލުކޯށްފައެވެ. ކޮޑުކަންނެލި ޔޫނިއަނުން ބުނަނީ ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ އެއްވެސް މަސްވެރިއަކަށް މި އަދަދަށް ފައިސާ ނުލިބޭކަމަށެވެ. އަދި ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިންވެސް ވަނީ މި އަދަދަށް ފައިސާ ނުލިބޭކަމަށް ބުނެފައެވެ. އެހެން ކަމަށްވާނަމަ މިފައިސާ ލިބެނީ ދެން ކޮބަޔަކަށްތޯ މިނިސްޓަރާއި މަސްވެރިންގެ ޔޫނިއަނުން ވަނީ ސުވާލު ކޮށްފައެވެ.
ދޮށީގެ މަސްވެރިން މިބުނަނީ މިނިސްޓަރު ތިވިދާޅުވާ ވަރު ނުލިބޭ ކަމަށް، ބޮޑުކަންނެލި މަސްވެރިން ބުނަނީ ތިވަރު ނުލިބޭކަމަށް، ކޮން މަސްވެރި ކަމެއް ކުރާ މަސްވެރިންނަށް ލިބޭ ހިސާބެއްތޯ މިނިސްޓަރު ތިޔަ ވިދާޅުވަނީ؟
– ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނެފައިވެއެވެ.
މަސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އެބަ ހުއްޓެވެ. މިފަހުން ވެސް ފެލިވަރުގައި މަސްވެރިންތަކެއް ވަނީ މުޒާހަރާކޮށްފަ އެވެ. އެގޮތުން މަހަށް ހަމަ އަގު ނުލިބުމާއި އައިސް ލިބުމުގައި ދަތިތައް ހުރުމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު އެ ދުވަހު ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާލާފަ އެވެ.
މީގެ ކުރިން ވެސް މަސްވެރިންނަނަށްވީ ވައުދު ފުއްދުމަށް މަސައްކަތް ނުކުރާތީ މަސްވެރިން މުޒާހަރާތައްކޮށްފައި އެބަހުއްޓެވެ. އަދި މިނިސްޓަރުގެ އިސްތިއުފާއަށް އޭރު ވެސް ގޮވިޔެވެ. މަސްވެރިން ބުނަމުންދަނީ އެމީހުންގެ އަޑު ސަރުކާރުން ނާހާ ކަމަށެވެ
ކޮމެންޓު ފޮނުވާ