ވެމްކޯގެ ޑީއެމްޑީކަމުން ފެނަކައިގެ ޑީއެމްޑީކަމަށް ރުކުމާ ބަދަލު ކޮށްފި

ވެމްކޯގެ ޑީއެމްޑީކަމުން ފެނަކައިގެ ޑީއެމްޑީކަމަށް ރުކުމާ ބަދަލު ކޮށްފި

Author
ހުސައިން
26 އޮގަސްޓް 2024 07:32
0

ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު އަބްދުލްކަރީމް (ރުކުމާ) ފެނަކައިގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަދަލުކުރުމާއެކު، އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނާއިފް ވަނީ މަގާމުން ވަކިކުރެވިފައެވެ. ރައީސް ޑރ. މުއިއްޒުގެ ކެމްޕެއިނުގައި އޭޖެންޓެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވި ނާއިފް މަގާމުން ވަކިކުރެވުނު ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.

ރުކުމާއަކީ ކުރީގެ ރައްޔިތުންގެ މަޖިލީހުގައި ހެންވޭރު ދެކުނު ދާއިރާ ތަމްސީލުކުރެއްވި މެންބަރު ވެސް މެއެވެ. ފެނަކައިން ވަނީ ނާއިފް ކުންފުންޏަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކަށް ޝުކުރު އަދާކުރުމާއެކު، އައު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ރުކުމާއަށް މަރުހަބާ ކިޔާފައެވެ.

މީގެ އިތުރުން، މި މަހުގެ 9 ވަނަ ދުވަހު ކުންފުނިތަކުގެ ބޯޑުތަކަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި ފެނަކައިގެ ޗެއާމަން އަހުމަދު ޝަހީރާއި ޑިރެކްޓަރު އަހުމަދު އީހާބު ވެސް ވަނީ މަގާމުތަކުން ވަކިކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.