އިޤްތިޞާދީ މުހިންމު މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ނުލިބޭތީ ޑރ.ޝަހީމްގެ ކަންބޮޑުވުން

އިޤްތިޞާދީ މުހިންމު މަޤާމުތަކަށް ދިވެހިންނަށް ފުރުސަތު ނުލިބޭތީ ޑރ.ޝަހީމްގެ ކަންބޮޑުވުން

Author
މުޙައްމަދު ޝަޒައިމް
25 ޑިސެމްބަރ 2020 09:15
0

ރާއްޖޭގެ އިޤްތިޞާދީ މުހިންމު މަޤާމުތަކަށް ބިދޭސީން އައްޔަން ކުރަމުންދާތީ ކުރީގެ އިސްލާމިކް މިނިސްޓރަ ޑރ.ޝަހީމް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޑރ.ޝަހީމް ވިދާޅުވީ ރާއްޖޭގައި ތައުލީމީ ޤާބިލް އެތައް ޒުވާނުންނެއް ތިއްބައި އިޤްތިޞާދީ ގޮތުން ރާއްޖޭގައި ހުރި އެންމެ މުއައްސަސާތަކުގެ ވެރިންގެ ގޮތުގައި ބޭރުގެ މީހުން އައްޔަން ކުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަމަށެވެ. އެކި ދާއިރާތަކުން ތައުލީމު ހާސިލް ކޮށްފައިވާ ތައުލީމީ ޤާބިލް އެތައް ދަރީންނެއް މިއަދު ތިބިއިރު، އެ ޒުވާނުންނަށް ފުރުސަތު ހަނިކޮށް، ބޭރުން މީހުން ގެނެސް މަޤާމުތަކަށް އައްޔަން ކުރުމަކީ ވަރަށް ބޮޑަށް އަޖައިބުވާ ކަމެއްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

ތަޢުލީމީ ޤާބިލު ތަޖުރިބާހުރި ދިވެހި ޒުވާން ވިސްނުން ދޫކޮށް، ބޭރުގެ ފަރާތްތައް ރާއްޖޭގެ އިޤުތިޞާދީ މުއައްސަސާތަކަށް ޢައްޔަންކުރަމުންދާ ދިއުމާމެދު އަޖައިބުވަން. ދިވެހިންނަށް ކުރެވޭނެ. އެރަށެއްގެ މަގުތައް އެނގޭނީ އެރަށެއްގެ ބަޔަކަށް.

– ޑރ.ޝަހީމް ވިދާޅުވިއެވެ.

ޑރ.ޝަހީމް މިފަދަ ގޮތަކަށް ވިދާޅުވެފައިވަނީ ރާއްޖޭގެ އިޤްތިޞާދީ މުހިންމު މަޤާމުތަކަށް ފަހަކަށް އައިސް ބޭރުގެ މީހުން އައްޔަން ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށެވެ. އެގޮތުން ޕެންޝަން އޮފީހުގެ ތާރީހުގައިވެސް އެއޮފީހުގެ ސީއީއޯގެ މަޤާމުވަނީ ބިދޭސީއަކާއި ހަވާލުކޮށްފައެވެ. ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތު ބޭފުޅެކެވެ.

މިނޫންވެސް ގިނަ އިޤްތިޞާދީ ބޮޑެތި މުއައްސަސާތަކުގެ ވެރިންނަށް ދަނީ ބޭރުގެ މީހުން ހަމަޖައްސަމުންނެވެ. އޭގެ ތެރޭގައި ބޭންކް އޮފް މޯލިޑިވްސްއާއި، އެއާރޕޯޓްގެ ބައެއް އިސް މަޤާމުތަކަށްވެސް ބޭރުގެ މީހުން ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ. ކޯވިޑް-19 އާއި ގުޅިގެން ގިނަ ޒުވާނުން ވަޒީފާ ނުލިބި މަގުމަތިވެފައިވާއިރު، މިދަނޑިވަޅަކީ ބޭރުގެ މީހުން ވަޒީފާތަކަށް ގެނައުމުގެ ބަދަލުގައި ދިވެހި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދޭންވީ ވަގުތުކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.