ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޗައިނާއަށް ފުރާވަޑައިގެންފި

Author
ޙަސަން މުޙައްމަދު
18 އޮގަސްޓް 2024 11:28
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ރޭ ޗައިނާއަށް ފުރާ ވަޑައިގެންފިއެވެ. މި ދަތުރުފުޅަކީ "2024 އިންޓަރީޖަނަލް ސެމިނާ އޮން ދަ އެޗީވްމަންޓް އޮފް ދަ އެސްޑީޖީސް ފޯ ޕާލަމެންޓްސް އޮފް ޑިވެލޮޕިންގ ކަންޓްރީސް" ގައި ބައިވެރިވެ ވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މަޢުލޫމާތު ދީފައިވެއެވެ.

މަޖިލީހުގެ ރައީސްގެ އިތުރުން މި ދަތުރުފުޅުގައި ވިލިމާލެ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް، ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު އަދި ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށް އިދާރާއިން ހާމަކޮށްފައިވެއެވެ.

މި ސެމިނާ އޮންނާނީ މި މަހުގެ 19 އިން 28 އަށް ޗައިނާގެ ވެރިރަށް ބެއިޖިންގގައެވެ. މި ސެމިނާގައި ޑިވެލޮޕިންގ ޤައުމުތަކުގެ ޕާލަމެންޓްތަކުން ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލުކުރުމަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވޭނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.