މަސްތުވާތަކެެއްޗާއި ބޮގަރުގެ ދެ ރުނބައާއެކު ދެމީހަކު ލ. ގަމުން ހައްޔަރު ކޮށްފި

މަސްތުވާތަކެެއްޗާއި ބޮގަރުގެ ދެ ރުނބައާއެކު ދެމީހަކު ލ. ގަމުން ހައްޔަރު ކޮށްފި

Author
ހުސައިން
17 އޮގަސްޓް 2024 12:47
0

ލ. ގަމުގައި މަސްތުވާތަކެއްޗާއި ބޮގަރުގެ ވިޔަފާރިކުރަމުންދިޔަ ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ތަރުޖަމާނު މަޢުލޫމާތު ދީފައިވާ ގޮތުގައި، އިއްޔެ ލ. ގަމު ތުނޑި ވިލެޖްގައި ހުންނަ ގެއެއްގައި މަސްތުވާތަކެތި އަދި ބޮގަރުގެ ވިޔަފާރިކުރާކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އެ ގެ ބަލައި ފާސްކުރެވުނެވެ.

މި އޮޕަރޭޝަންގައި 24.42 ގްރާމްގެ ހެރޮއިންކަމަށް ޝައްކުކުރެވޭ އެއްޗަކާއި، ބޮގަރުކަމަށް ބެލެވޭ 2 ރުނބާ، 5 ލީޓަރުގެ ފުޅިއެއް އަދި ބޮގަރުގެ ކައްކަން ބޭނުންކުރާ ސާމާނު ފެނުނުކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލައާ ގުޅިގެން 42 އަހަރާއި 57 އަހަރުގެ ދެ ދިވެއްސަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ. އަދި މި މައްސަލައިގެ ތަޙުޤީޤު ދަނީ ކުރިއަށް ކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.