ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ފުއްދުމަށް ދަނީ މަސައްކަތް ކުރަމުން: ފައިސަލް

ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ފުއްދުމަށް ދަނީ މަސައްކަތް ކުރަމުން: ފައިސަލް

Author
ޙަސަން މުޙައްމަދު
16 އޮގަސްޓް 2024 09:25
0

ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ވަޢުދު ފުއްދުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު އިބްރާހިމް ފައިޞަލް ހާމަކުރައްވައިފިއެވެ.

ވަޒީރު ފައިޞަލް ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިސޯޓު މުވައްޒަފުންނަށް ވެވަޑައިގެންނެވި އެންމެ މުހިންމު އެއް ވަޢުދަކީ ބޯހިޔާވަހިކަމުގެ ވަޢުދެވެ. މި ވަޢުދު މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ފުއްދަވާނެ ކަމަށް ވަޒީރު އިތުބާރު ފާޅުކުރެއްވިއެވެ.

ވަޒީރު އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ވަޢުދު ފުއްދުމުގެ މަސައްކަތްތައް ދަނީ ކުރެވެމުންނެވެ. އަދި ރައީސް އަމިއްލަފުޅަށްވެސް މި މަސައްކަތް ބައްލަވަމުން ގެންދަވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ ގިނަ މުވައްޒަފުން ތިބި ނަމަވެސް، މިހާތަނަށް އެ ފަރާތްތަކުގެ ޙައްޤުގައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ މިހާރު ކުރިއަށްދާ ހައުސިންގ މަޝްރޫޢުގެ ތެރެއިން ކަމަށްވެސް ވަޒީރު ފައިޞަލް ހާމަކުރެއްވިއެވެ. މި މަޝްރޫޢުގެ ދަށުން ރިސޯޓު މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.