ހުޅުމާލޭގައި މެދުފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގައި މެދުފަންތީގެ ހޮޓެލް ތަރައްގީކޮށް ހިންގަން ހުޅުވާލައިފި

Author
ހުސައިން
15 އޮގަސްޓް 2024 09:49
0

ހުޅުމާލޭ ފޭސް 2 އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯން، އާބަން އައިލްގައި މެދުފަންތީގެ ތިން ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެ މަޝްރޫއު ދޫކުރުމުގައި އިސްކަންދޭނީ ލޭންޑް ލީސް މޮޑެލްއަށެވެ. އެޗްޑީސީން ބުނެފައިވަނީ އެހެންނަމަވެސް، ޕްރޮޕޯސަލް އެ ކޯޕަރޭޝަނަށް ހުށަހަޅާ އީއޯއައިތައް އެހެން މޮޑެލްތަކަށް ވެސް ހުށަހެޅިދާނެ ކަމުގައެވެ. އަދި އެއް ފަރާތަށްވުރެ ގިނަ ފަރާތުން އެ މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފިނަމަ މަޝްރޫއު ހަވާލު ކުރާނީ އެންމެ ފުރިހަމަ ޕްރޮޕޯސަލް ހުށަހަޅާ ފަރާތަކަށް ކަމަށްވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ބުނެފައިވަނީ އީއޯއައިތައް އިވެލުއޭޓް ކުރުމުގައި ބަލާނެ ކަންތައްތަކުގެ ތެރޭގައި ޕްރޮޕޯސްކޮށްފައިވާ ބިޒްނަސް މޮޑަލްއާއި، އޮޕަރޭޓަރުގެ އެކްސްޕީރިއެންސް އަދި ސީއެސްއާރު ހިމެނޭ ކަމުގައެވެ.

އާބަން އައިލްގައި ހޮޓެލް ތަރައްގީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އީއޯއައި ހުށަހަޅަން ޖެހޭނީ މި މަހުގެ 29 ވަނަ ދުވަހުގެ 14:00 ގެ ކުރިންނެވެ.

އީއައިއޯ ހުށަހަޅާންޖެހެނީ [email protected] އަށެވެ.

މި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތު މި ކޯޕަރޭޝަންގެ ވެބްސައިޓުން https://www.hdc.mv/announcements/ ލިބެން ހުރުމުގެ އިތުރުން އެ ކޯޕަރޭޝަންގެ ނަންބަރު 1516 އަށް ގުޅައިގެންވެސް އިތުރު މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.