އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ތަހުނިޔާ ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ސާލިހު ތަހުނިޔާ ފޮނުއްވައިފި

ގުޅުންހުރި

# އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ރައ 77 ވަނަ އަހަރީ ދުވަހާ ގުޅިގެން ރައީސް މުޙައްމަދު މުއިއްޒުގެ މެސެޖު

ރާއްޖޭގެ ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ސާލިހު، އިންޑިއާގެ މިނިވަން ދުވަހުގެ 77 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ޤައުމުގެ ރައީސް ދްރައުޕަދީ މުރުމު އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ހޫނު މަރުޙަބާއާއި ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް ސާލިހުގެ މެސެޖުގައި ވިދާޅުވީ، އިންޑިއާ އިން "ވިކްސިތް ބަރަތް" (ތަރައްޤީވެފައިވާ އިންޑިއާ) ގެ ލަނޑުދަނޑިއާ ދިމާއަށް ދަތުރުކުރަމުންދާއިރު، އިންޑިއާ އިން ދިވެހިރާއްޖެއަށާއި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި ދުޅަހެޔޮކަމަށް ދެއްވާފައިވާ އެހީތެރިކަމަށް ޝުކުރުވެރިވާ ކަމަށެވެ.

މީގެއިތުރުން، އެ މެސެޖުގައި ވިދާޅުވެފައިވަނީ ޒަމާންވީ ޒަމާނުއްސުރެ ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން ދެމިގެންދާނެ ކަމުގެ އުއްމީދު ފާޅުކުރައްވާ ކަމަށެވެ.

އިންޑިއާގެ މިނިވަން ދުވަހަކީ ކޮންމެ އަހަރެއްގެ އޯގަސްޓް 15 ވަނަ ދުވަހު ފާހަގަކުރާ މުހިންމު ދުވަހެކެވެ. މިއަހަރަކީ އެ ޤައުމު މިނިވަންވިތާ 77 އަހަރު ފުރޭ އަހަރެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ