މޮޅަދޫ ބަނދަރުމަތިން ރައްޔިޔުންނަށް އުފާވެރިކަން ގެނެސްދީފި: ޝިފާއު

މޮޅަދޫ ބަނދަރުމަތިން ރައްޔިޔުންނަށް އުފާވެރިކަން ގެނެސްދީފި: ޝިފާއު

Author
މުޙައްމަދު ޝަޒައިމް
24 ޑިސެމްބަރ 2020 09:26
0

މިސަރުކާރަކީ އާބާދީގެ ކުދި އާބާދީތަކަށްވެސް އެއްވެސް ތަފާތު ކުރުމެއްނެތި ހިދުމަތް ކޮށްދޭނެ ސަރުކާރެއްކަން ޔަގީން ވެފައިވާކަމަށާއި، މިއަދު މޮޅަދޫ ބަނދަރު މަތިން ފެންނަމުންދާ އުންމީދީ މަންޒަރުން ރައްޔިތުންނަށް އުފާވެރިކަން ގެނެސްދީފައިވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

މޮޅަދޫގެ ބަނދަރު ތަރައްޤީ ކުރުމަށް ބޭނުންވާ ބޮޑުހިލަ އެރަށަށް ގެންގޮސް ބަނދަރުގެ މަަސައްކަތް ކުރަމުންދާއިރު މިއީ މޮޅަދޫ ރައްޔިތުންގެ އެތައް އަހަރެއްވީ ހިތްދަތި ދިރިއުޅުމަށް ގެނައި ނިމުމެއްކަމަށް ޝިފާޢު ވިދާޅުވިއެވެ. މިއަދު އުފާވެރި މަންޒަރު ފެނި މޮޅަދޫގެ އެތައް ރައްޔިތުންނަށް އުންމީދު ގެނުވާފައިވާކަމަށް ޝިފާއު ވިދާޅުވިއެވެ.

މޮޅަދޫގެ ބަދަރަށް ބޭނުންވާ ބޮޑުހިލަ ރަށަށްގެނެސް ބޭލުމުގެ މަސައްކަތް ކުރިއަށްދަނީ. ހިތްދަތި އެތަށް އަހަރުތަކެއްގެ ނިމުންއަންނަމުންދާ މަންޒަރު ރައްޔިތުންނަށްފެނި އުފާވެރި އިހުސާސްތައް މިއަދު ރައްޔިތުންގެ މޫނުމަތިން ފެންނަން ފަށައިފި.

– ޝިފާއު ވިދާޅުވިއެވެ.

ހއ.މޮޅަދޫ ބަނދަރުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގަ އެވެ. ދައުލަތުގެ ބަޖެޓުން 26 މިލިއަންރުފިޔާ ޚަރަދުކޮށްގެން ތަރައްޤީކުރާ މޮޅަދޫ ބަނދަރުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައވެޓް ލިމިޓެޑާއެވެ. އެއްއަހަރު ދުވަހުގެ ތެރޭގައި މިމަޝްރޫޢު ނިންމުމަށް ކަނޑައަޅާފައިވާއިރު މިމަޝްރޫޢުގެ ދަށުން މޮޅަދޫގައި 24700 ކިއުބިކް މީޓަރަށް ބަނދަރު ފުންކޮށްފައިވެއެވެ. އަދި 232 މީޓަރުގެ ބޭރު ތޮއްޓަކާއި 42 މީޓަރުގެ ރިވެޓްމެންޓެއް ވެސް ވަނީ ޖަހާފައެވެ.

މޮޅަދޫ ބަނދަރުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މެމްބަރު ޝިފާޢު ވިދާޅުވީ މޮޅަދޫ އަށް ދިމާވެފައިވާ ލަފާފުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ދިގު މުއްދަތެއް ހޭދަވެގެން ދިޔުމަކީ ހިތާމަކުރައްވާކަމެއްކަމަށެވެ. އެހެންނަމަވެސް އަދުގެ ސަރުކާރުން މިމައްސަލައަށް ފުރަތަމަ އަހަރުތެރޭގައި ޙައްލެއް ގެނެސްދެއްވިކަމަށްޓަކައި ސަރުކާރަށް ޝުކުރުއަދާކުރައްވާކަމަށެވެ. އަދި ސަރުކާރުން އެއްވެސް ރަށެއް ބާކީ ނުކުރާކަމުގެ ފުރިހަމަ ޔަގީންކަން ލިބިގެންގޮސްފައިވާކަމަށްވެސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.