ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ

ނައިބު ރައީސް ބައިވެރިވެވަޑައިގަންނަވާ ޕީއެންސީގެ ހަރުގެ ޖަލްސާއެއް މާދަމާ ރޭ

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2024 12:38
0

ވެރިކަންކުރާ ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ވަނީ މާދަމާ ރޭ މާލޭގައި ބޮޑު ހަރުގެ ޖަލްސާއެއް ބޭއްވުމަށް ނިންމާފައެވެ. މިކަން އެ ޕާޓީން މިއަދު ހާމަކޮށްފައިވެއެވެ.

މި ޖަލްސާގައި ދިވެހިރާއްޖޭގެ ނައިބު ރައީސް އަދި ޕީއެންސީގެ ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.

މީގެ އިތުރުން، ޕީއެންސީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޢަބްދުއްރަޙީމް އާއި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާޙްވެސް މި ޖަލްސާގައި ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާ ކަމަށް ބުނެއެވެ.

ޕީއެންސީން ވަނީ މި ޖަލްސާއަށް އެ ޕާޓީގެ ވީހާވެސް ގިނަ ތާއީދުކުރާ ފަރާތްތައް ބައިވެރިވުމަށް ގޮވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.