މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން މޭގައި ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފިއެވެ.
މި ޑިސެމްބަރ މަހުގެ 22 އަދި 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކާ ގުޅިގެން ކޯޓުއަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދާފައިވެއެވެ. މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވެއެވެ.
ފުލުހުންގެ ދެވަނަ އޮޕަރޭޝަނުގައި ރޭ 21:00 އެހާކަންހާއިރު، މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާއެއްޗެއް ހުރި 12 ފުޅި ފެނިފައިވެއެވެ. މި މައްސަލަ އާ ގުޅިގެން 27 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވެއެވެ.
މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓު ފޮނުވާ