"ވޭދާ" ގެ ޓްރެއިލާ ދައްކައިލައިފި

"ވޭދާ" ގެ ޓްރެއިލާ ދައްކައިލައިފި

Author
ފާތިމަތު ނާވީ
04 އޮގަސްޓް 2024 06:20
0

ޖޯން އަބްރަހަމްގެ އެކްޝަން ފިލްމް "ވޭދާ" ގެ ޓްރެއިލާ އާންމުކޮށްފިއެވެ.

މި ފިލްމަކީ އަނެއްކާ ވެސް އޭނަގެ ވަރުގަދަ އެކްޝަން ރޯލެއް ފެންނާނެ ފިލްމެކެވެ. ނިކިލް އަދުވާނީ ޑައިރެކްޓްކޮށްފައިވާ "ވޭދާ" ގެ ޓްރެއިލާ އިން މިއީ ވަރަށް ޝައުގުވެރި ހާދިސާތަކެއް ދައްކުވައި ދޭނެކަމުގެ ފިލްމެއްކަމުގެ ކުލަވަރު ގެނެސްދީފައިވެ އެވެ.

މި ފިލްމުގެ ކާސްޓްގައި ޖޫން މަހު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ހޮރޯ-ކޮމެޑީ "މުންޖިއާ" ގެ ބަތަލާ ޝަރުވާރީ ވާގް ވެސް ހިމެނެ އެވެ. "ވޭދާ" ގައި އަރަމުން އަންނަ ޒުވާން ބަތަލާ ފެންނާނީ ވަރަށް ޑިގްލެމަރަސް ރޯލަކުންނެވެ.

 

View this post on Instagram

 

A post shared by Sharvari 🐯 (@sharvari)

 

މި ފިލްމު ރިލީޒްކުރަން އޮތް ދުވަހަކީ ބޮލީވުޑްގެ ބޮޑު އެހެން ދެ ފިލްމެއް ވެސް ގެނެސްދޭން ތާވަލުކޮށްފައި އޮތް ދުވަހެވެ. އެއީ އަކްޝޭ ކުމާރުގެ ކޮމެޑީ "ކޭލް ކޭލް މޭ" އާއި ޝްރަދާ ކަޕޫރްގެ ހޮރޯ-ކޮމެޑީ "އިސްތިރީ 2″ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.