ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނެއްގެ ބަންދު 15 ދުވަހަށް ކްރިމިނަލް ކޯޓުން ޖައްސައިފި އެވެ.
ބަންދުކޮށްފައިވަނީ ގދ. ވާދޫ، ދަޑިކޮށީގޭ އާމިނަތު އަލީދީދީ (46) އެވެ. މިއަދު އޭނާ ކޯޓަށް ހާޒިރުކުރުމުން، ޤާޟީ އާދަމް މުޙައްމަދު ވަނީ އޭނާ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރުމަށް އަމުރުކުރައްވާފަ އެވެ. އޭނާގެ ބަންދުގެ މުއްދަތު ހަމަވާނީ 11 އޮކްޓޫބަރު 2026 ގަ އެވެ.
ފުލުހުން ހުށަހެޅި ހާދިސާ ރިޕޯޓާއި ހެކިތަކަށް ބަލާއިރު، އޭނާގެ މައްޗަށް ކުށުގެ ތުހުމަތުކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ކޯޓުން ބުނެ އެވެ. އަދި އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި، ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުއަސާސީގެ ދަށުން ބަންދުގައި ބެހެއްޓުމަށް ނިންމި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
ކޮމެންޓު ފޮނުވާ