ދަރަނި އަދާ ނުކުރެވިވަނިކޮށް ދުނިޔެ ދޫކޮށް ދާންޖެހުމަކީ ފާފަ ފުއްސެވުމަށް ހުރަސް އެޅިދާނެކަމެއް: ޚުޠުބާ

ދަރަނި އަދާ ނުކުރެވިވަނިކޮށް ދުނިޔެ ދޫކޮށް ދާންޖެހުމަކީ ފާފަ ފުއްސެވުމަށް ހުރަސް އެޅިދާނެކަމެއް: ޚުޠުބާ

Author
ޙަސަން މުޙައްމަދު
02 އޮގަސްޓް 2024 01:13
0

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، ދަރަނި އަދާނުކުރެވި އިއްވައި ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރި ކަމެއް ކަމަށާއި، އެއީ ފާފަ ފުއްސެވުމަށް ހުރަސް އެޅިދާނެ ކަމެއްކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

ފސދފސދ މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދުގެ ޚުޠުބާގައި ވިދާޅުވީ ދަރަނި ދިނުމާއު ދަރަނި ނެގުމަކީ އިސްލާމް ދީނުގައި ހުއްދަކުރާ ކަމެއް ކަމުގައެވެ. އެހެންނަމަވެސް ދަރަނި ނަގާން ވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫނެވެ. އަދި ދަރަނި އަދާކުރާން އަވަސްވެގަތުމަކީ ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށްވެސް އެންމެ ފައިދާހުރި ގޮތެވެ. ބޮޑެތި ދަރަނިތައް ނަގާންވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެންނެވެ. ދަރަނި ނުދެއްކި، ޝަރީއަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެކަން ވެގެން ނުވާނެއެވެ.

މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވި ގޮތުގައި އެފަދަ ދަރަންޏެއް ނެގުމަށްވުރެ އައުލާކަން ބޮޑީ ލިބޭ އާމްދަނިއާއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިގްތިސާދު ކުރުން ކަމުގައެވެ.

އަދި ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް ދަރަނި ދެއްކޭނެގޮތް މާތްﷲ މިންވަރު ކޮށްދެއްވާނެ ކަމުގައި ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.