އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ، މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމުގައެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިކަމަށްވެސް ބުނެފައި ވެއެވެ.
އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:
މާފަންނު ޕޮލިސް
މެއި 21 ވަނަ ދުވަހު, ފުލޫނިޔާ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ރެޑްމީ ބްރޭންޑުގެ ދެ މޯބައިލް ފޯނާއި އިއަޕޮޑެއް. އިންސިޑެންޓް ނަންބަރު 598627
ޖުލައި 27 ވަނަ ދުވަހު, އައިޖީއެމްއެޗް ތެރެއިން ހޮވައިގެން ގެނެސްފައިވާ 35 ރުފިޔާ. އިންސިޑެންޓް ނަންބަރު 606783
މި ތަކެތީގެ ވެރިފަރާތުން 9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.
ގަލޮޅު ޕޮލިސް
ޖޫން 26 ވަނަ ދުވަހު ދޮންއަނދަރާދަ ހިނގުމުން ހޮވައިގެން ގެނެސްފައިވާ ހައިޕްރެޝަރ ވޮޝަރއެއް. އިންސިޑެންޓް ނަންބަރު 606584
މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.
ހެންވޭރު ޕޮލިސް
ޖުލައި 27 ވަނަ ދުވަހު، މަޖީދިއްޔާ ސްކޫލު ކައިރިން ހޮވައިގެން ގެނެސްފައިވާ ހަތް ބޫޓު. އިންސިޑެންޓް ނަންބަރު 606702
މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.
ކުޅުދުއްފުށި ސިޓީ ޕޮލިސް
ޖުލައި 28 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި ބައެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުކިންގ އޮއިލް ހަމަކާއި ކަޓްއޮފް މެޝިނެއް. ކޭސް ނަންބަރު LC2024/09556، LC2024/09622
މި ތަކެތީގެ ވެރިފަރާތުން 9791382 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުމަށް ފުލުހުން އެދިފައި ވެއެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށްވެސް އެދިފައި ވެއެވެ.
ކޮމެންޓު ފޮނުވާ