ލޮލުގެ ފަރުވާއަކަށް ޝާހުރުކް އެމެރިކާ އަށް

ލޮލުގެ ފަރުވާއަކަށް ޝާހުރުކް އެމެރިކާ އަށް

Author
ފާތިމަތު ނާވީ
31 ޖުލައި 2024 10:02
0

ލޮލުގެ ފަރުވާ އަކަށް ބޮލީވުޑްގެ ސްޕަސްޓާރު ޝާހުރުކް ހާން އެމެރިކާއަށް ގޮސްފައިވާ ކަމަށް މީީޑިއާ ރިޕޯޓްތަށް ބުނެފިއެވެ.

58 އަހަރުގެ އެކްޓަރުގެ ލޮލަށް ދިމާވެފައިވާ މައްސަލައަކަށް ފަރުވާ ހޯދުމަށް އިންޑިއާގެ ހޮސްޕިޓަލް ތަކުންވެސް މަސައްކަތް ކުރި ކަމަށް މީޑިއާ ރިޕޯޓްތަށް އަންނަނީ ބުނަމުންނެވެ.

ނަމަވެސް ޕްލޭންކުރި ގޮތަށް އެކަން ކުރިއަށް ގޮސްފައި ނުވާތީ ޝާހްރުކް އެމެރިކާ އަށް ފުރައިފައިވާ ކަމަށް ވެސް މީޑިއާއިން ބުނެއެވެ. ނަމަވެސް އޭނަގެ ލޮލަށް ދިމާވެގެން އުޅެނީ ކޮން ކަހަލަ މައްސަލައެއް ކަމެއް ނޭނގެ އެވެ.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

އަދި އެމެރިކާ އަށް ފަރުވާ އަށް ފުރި ކަމަށް ދެކެވޭ ވާހަކަ ތަކުގައި ހުރީ ކިހާވަރެއްގެ ހަގީގަތެއް ކަމަށް ވެސް އަދި ނޭގެއެވެ. ސަބަބަކީ ރަސްމީކޮން ޝާހުގެ ފަރާތުން އަދި އެކަމާއި ގުޅޭ ގޮތުން ވާހަކަދައްކައިފައި ނުވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.