"ބިގް ބޮސް 14″ ގެ ބައިވެރިއެއް ކަމަށްވާ އަލީ ގޯނީގެ ލޯބިވެރިޔާ ޖޭސްމިން ބާސިންގެ މައިންބަފައިން ޤަބޫލުނުވެއްޖެނަމަ އޭނާގެ ލޯބި، އާއިލާގެ އުފަލަށްޓަކައި ޤުރުބާންކުރާނެ ކަމަށް އަލީ ބުނެފި އެވެ.
ޖޭސްމިންގެ މައިންބަފައިން އެދެމީހުންގެ ކައިވެންޏަށް ޤަބޫލު ނުވެއްޖެއްޔާ ޖޭސްމިން އާއި ކައިވެނިކުރާނަންތޯ ބިގް ބޮސްގެ ބައިވެރިއެއްކަމަށްވާ ރާކީ ސާވަންތު، ސުވާލުކުރުމުން އަލީ ބުނެފައިވަނީ ޖޭސްމިންގެ އާއިލާއަށް ދެރައެއް ލިބޭ އެއްވެސް ކަމެއް ނުކުރާނަންކަމަށާއި އެހިސާބުން ޖޭސްމިން އާއި ވާހަކަދެއްކުންވެސް ހުއްޓާލައި އެހެންމީހަކު ހޯދާ އަވަހަށް ކައިވެނިކުރާނެ ކަމަށެވެ. އެއީ އަލީ އެހެން މީހަކާ ކައިވެނި ކުރުމުން ޖޭސްމިން އޭނާ ދެކެ އަވަހަށް ރުޅިއަންނާނެތީކަމަށްވެސް އަލީ ބުންޏެވެ.
އަލީ މިހެން ބުނުމުން ޖޭސްމިން ހުރީ ފެންކަޅިވެފައެވެ. އަދި ޖޭސްމިންއާއި އަލީގެ ރަޙުމަތްތެރިކަން އެހެން ހަރުފަތަކަށް ގެންދިޔަކަން އެމީހުންގެ އާއިލާއަކަށް ނާންގައެވެ.
އަލީ އެހެން ބުނުމުން ޖޭސްމިން ބުނެފައިވަނީ އޭނާގެ މައިންބަފައިން އޭނާ ކުރާ ކޮންމެ ކަމެއްގައި ސަޕޯޓްކުރާނެ ކަމަށެވެ. އަދި އެއީ މޮޑެލްކުރުން ކަމަށްވިޔަސް ފިލްމީ ދާއިރާ އާއި ގުޅެން ނިންމި ކަމުގައިވިޔަސް އާއިލާގެ އެއްބާރުލުން އެކަންކަމަށް ލިބޭ ކަމަށެވެ.
ކުރިން "ބިގްބޮސް" ގެ އެޕިސޯޑެއްގައި އަލީ، ޖޭސްމިންގެ އުނގުގައި ބޯ އަޅައިގެން އޮވެގެން ޖޭސްމިން ކައިރީގައި ބުނެފައިވަނީ ބިގްބޮސް އިން ނިކުމެގެންގޮސް ކައިވެނިކުރާނެ ކުއްޖަކު ހޯދައި އޭނާއާއެކު ވަގުތު ހޭދަކޮށް ރަނގަޅު ކުއްޖެއް ތޯ ބަލާނީކަމަށެވެ. ނަމަވެސް އެހިސާބުން އެކުއްޖާ ކަމުނުގޮސްފިއްޔާ އެއީ އެކުއްޖާގެ ވެސް އަދި އަލީގެވެސް ވަގުތު ބޭކާރުވާނެކަމެއް ކަމަށް އޭރު އަލީ ވަނީ ބުނެފައެވެ.
އެހެންކަމުން އެންމެ ރަނގަޅުގޮތަކީ ޖޭސްމިން އާއިއެކު ދިރިއުޅުން ފެށުން ކަމަށްވެސް އަލީ ވަނީ ޖޭސްމިން ކައިރީގައި ބުނެފައެވެ.