ޖެކީ އާއި ނީލަމް އެކުގައި

ޖެކީ އާއި ނީލަމް އެކުގައި

Author
ފާތިމަތު ނާވީ
28 ޖުލައި 2024 12:19
0

ކުރީގެ މަޝްހޫރު ދެތަރިން ކަމުގައިވާ ނީލަމް ކޮތާރީ އާއި ޖެކީ ޝްރޮފް ކުޅެފައިވާ ވީޑިއޯއެއް ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.

މި މަހުގެ 31 ގައި ނެރެން ނިންމާފައިވާ ލަވައިގެ ނަމަކީ "ތޫ" އެވެ. މި ފިލްމްގެ ޕޯސްޓަރު ތަކެއް ވެސް މިހާރު ދައްކައިލައިފަިއވާ އިރުގައި މި ލަވަ ގެނެސްދެނީ ޓީ ސީރީޒް ގެ ތަތްގަނޑުގައިއެވެ.

ޖެކީ އާއި ނީލަމަކީ ހިންދީ ސިނަމާމގައި 80 އާއި 90 ގެ އަހަރުގެ ތެރޭގައި ވަރަށް ވިދި ދެ ތަރިންނެވެ. އެދެތަރިން އެކުގައި ފިލްމް ތަކެއް ކުޅެފައިވެއެވެ. އަދި އެދެރިންގެ ފިލްމްތަކަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއްވެސް ލިބިގެން ގޮސްފައިވެއެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

ބޮލީވުޑްގެ މިހާރުގެ މަޝްހޫރު އެކްޓަރު، ޓައިގާ ޝްރޮފްގެ ބައްޕަ ޖެކީ، 67، އާއި ނީލަމް، 54، އެކީގައި ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ދޫދު ކާ ކަރުޒް"، "ހަމް ބީ އިންސާން ހޭ" އަދި "އަންތިމް "އަންޔޭ" ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.