އެމްއެންޑީއެފްގެ ފްލައިޓްގައި ފުރަތަމަ ފަހަރަށް ބަލި މީހަކު އުފުލަނީ - ފޮޓޯ: އެމްއެންޑީއެފް

އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު އަލުން ބޭނުންކުރަން ފަށައިފި

އިންޑިއާގެ ޑޯނިއާ އާއި ހެލިކޮޕްޓަރު އަލުން ބޭނުންކުރަން ފަށައިފި

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރުގެ ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް މި ސަރުކަރުން ބޭނުންކުރަން ފަށައިފިއެވެ.

"ޑޯނިއާ އަދި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އެމްއެންޑީއެފްއިން ފޯރުކޮށްދެމުންދިޔަ ސިއްހީ އަވަސްފަރުވާދިނުމަށްޓަކައި ބަލިމީހުން އުފުލުމުގެ ހިދުމަތް (މެޑިކަލް އިވަކުއޭޝަން) ސިވިލް ކްރޫއިންނާ އެކު މިހާރު ފެށިފައިވާ ކަމުގައި ދަންނަވަން،" އެމްއެންޑީއެފުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖެއްގައި ވެއެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެ، އަދި ވެރިކަމުގެ ހުވާ ކުރެއްވުމާއެކު އިންޑިއާގެ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރު ބޭނުންކުރުން މި ސަރުކާރުން ހުއްޓާލާފައި ވެއެވެ.

އެއަށްފަހު ސަރުކަރުން ވަނީ، ބަލި މީހުން އުފުލަމުން ޚާއްސަކޮށް އެއަރ އެމްބިއުލާންސެއްގެ ގޮތުގައި ސީޕްލޭންއެއް ހަމަޖައްސާ އެ ބޯޓު އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ އަސްކަރީ ސިފައިން މި އަހަރުގެ މޭ 10 ގެ ނިޔަލަށް މިސަރުކަރުންވަނީ ފޮނުވާލާފައެވެ. އެއަށްފަހު އެ މީހުންގެ ބަދަލުގައި ސިވިލިއަނުން ވަނީ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު ދުއްވުމަށް ގެނެސްފައެވެ. ރައީސް މުއިއްޒު މީގެކރުިން ވިދާޅުވެފައި ވަނީ އިންޑިއާގެ ސިވިލިއަނުން ގެނައީ ދައިމީކޮށް ތިބޭގޮތަށް ނޫން ކަމުގައެވެ.

އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން.

މިދިޔަ މާޗު މަހު ރައީސް މުއިއްޒު ވިދާޅުވެފައި ވެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *