ޤައުމީ ކަންކަމުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެއްބަސް ވެވެން ޖެހޭނެ: ޝާހިދު

ޤައުމީ ކަންކަމުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެއްބަސް ވެވެން ޖެހޭނެ: ޝާހިދު

Author
ޙަސަން މުޙައްމަދު
27 ޖުލައި 2024 11:48
0

ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށްވެސް އެއްބަސް ވެވެން ޖެހޭނެކަމުގައި އެމްޑީޕީގެ ރައީސް އަބުދުالله ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ މިނިވަން ދުވަހުގެ މުނާސަބަތުގައި ރާއްޖެ ޓީވީ އިން ހުކުރު ދުވަހުގެ ހެނދުނު ގެނެސްދިން ޚާއްސަ ކަވަރޭޖްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ނަފްރަތުގެ ސިޔާސަތުތަކާއި، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް ފެތުރުމާއި، ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަން ޖެހޭ ކަމުގައެވެ. އަދި ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

"ނަފްރަތުގެ ސިޔާސަތުތައް، ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފެއްދުމުގެ ސިޔާސަތުތައް. ރައްޔިތުން ވަކި ގޮތަކަށް ސިޔާސީ ގޮތުން ލޭބަލްކުރުމުގެ ސިޔާސަތުތައް ހުއްޓާލަންވީ. ޤައުމީ ކަންތައްތައްތަކުގައި ވަކި ހަމައެއްގައި ހުރިހާ ސިޔާސީ ޕާޓީތަކަށް އެއްބަސް ވެވެން ޖެހޭނެ" ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވީ ހުރިހާ ދިވެހި ރައްޔިތުންގެވެސް މަގްސަދަކަށް ވާންވާނީ އިސްލާމް ދީން ޙިމާޔަތްކޮށް، ދިވެހިރާއްޖެ މިނިވަން ދައުލަތެއްގެ ގޮތުގައި ބޭއްވުންކަމަށެވެ. އަދި އެމަގްސަދާއި ދެކޮޅަށް މަސައްކަތްކުރާ އެއްވެސް ސިޔާސީ ޕާޓީއެއް ރާއްޖޭގައި ނެތްކަމަށާއި އެވިސްނުންތަކާ ދެކޮޅަށް ޝައުގުވެރިވެގެން އުޅޭ ޕާޓީއެއްވެސް ނެތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފިތުނަ އުފެއްދުމަށްޓަކައި އެފަދަ ވާހަކަތައް ދެއްކުމަކީ މިނިވަންދުވަހު އެކަމާ ދެކޮޅަށް ހަދަން ޖެހޭ ކަންކަންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.