ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީގެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީގެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފި

Author
ޙަސަން މުޙައްމަދު
26 ޖުލައި 2024 10:39
0

ސަލްމާން މިސްކިތުގައި ނަމާދަށް ހުރި މީގެއްގެ ދަބަސް ވަގަށް ނެގި މީހަކު ހައްޔަރު ކޮށްފިއެވެ. އެމައްސަލާގައި ހައްޔަރު ކުރީ އުމުރުން 42 އަހަރުގެ ފިރިހެނެކެވެ. އަދި އޭނާއަކީ ޏ. ފުވައްމުލަކަށް ނިސްބަތްވާ މީހެކެވެ.

އޭނާ ދަބަސް ހިފައިގެން މިސްކިތުން ނިކުންނަ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެންނާން ހުރެއެވެ. އެމީހާގެ ބަންދުގެ މުއްދަތަށް ކުރިމިނަލް ކޯޓުން މިއަދުވަނީ 10 ދުވަސް ޖަހައި ދީފައެވެ. މިމީހާއަކީ މިސްކިތްތަކުން ވައްކަން ކުރުމުގެ ރެކޯޑު އޮތް ފަރާތެކެވެ. އެގޮތުން މިސްކިތްތަކުން ވައްކަން ކޮށްގެނ މީގެކުރިންވެސް އޭނާ ހައްޔަރު ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.