ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ތިނަދޫގައި މުޒާހިރާކުރި މީހުން ޑީޕޯޓް ކޮށްލަން ނިންމާފައިވާކަން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ހާމަކުރައްވައިފިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ބަންގްލަދޭޝްގެ ދާޚިލީ މައްސަލައަކާ ގުޅިގެން ތިނަދޫގައި ކުރި މުޒާހަރާ ރޭވުމުގައި އުޅުނު މީހުން ހޯދާ އެމީހުން ހައްޔަރުކޮށް، އަދި ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމުގައެވެ.
ބިދޭސީންނަށް ރާއްޖެ އައިސް ސިޔާސީ މަސައްކަތެއް ނުކުރެވޭނެ. ވިސާ ވައިލޭޝަނެއް އެއީ.
އިހުސާން ވިދާޅުވި އެވެ.
ބަންގްލަދޭޝްގައި ހިނގަމުންދާ މުޒާހިރާތަކަކީ 1971 ވަނަ އަހަރު އެގައުމުން ޕާކިސްތާނުގެ އަޅުވެތިކަމުން މިނިވަންވުމަށް ކުރި ހަނގުރާމާގައި ބައިވެރިވިވި އާއިލާތަކަށް ސިވިލްސާވިސްގެ ވަޒީފާތަކުގެ ތިންބައިކޮށްފަ އެއްބައިގެ ކޯޓާއެއް ހަމަޖައްސަން އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާއި ދެކޮޅަށް ކުރިޔަށްދާ އިހުތިޖާޖުތަކެކެވެ.،
ފާއިތުވި ބުރާސްފަތި ދުވަހު ގދ. ތިނަދޫގައި ބިދޭސީންތަކެއް ވަނީ އެ މުޒާހަރާތަކަށް ތާއީދުކޮށް، އިހުތިޖާޖު ކޮށްފައެވެ.
ކޮމެންޓު ފޮނުވާ