ށ. އަތޮޅު ކައުންސިލްގެ ރައީސް އެލްޖީއޭގެ ބޯޑަށް ސިޔާމް އިންތިހާބުކޮށްފި

ށ. އަތޮޅު ކައުންސިލްގެ ރައީސް އެލްޖީއޭގެ ބޯޑަށް ސިޔާމް އިންތިހާބުކޮށްފި

Author
ޙަސަން މުޙައްމަދު
25 ޖުލައި 2024 12:26
0

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑަށް ށ. އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ސިޔާމް އިންތިހާބުކޮށްފިއެވެ.

​އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކުން ތަމްސީލުކުރާނެ މެމްބަރަކު ގޮވުމަށް ބޭއްވި އިންތިޚާބުގައި ސިޔާމްއާއި ވާދަކޮށްފައިވަނީ، ލ. އަތޮޅު ކައުންސިލްގެ ރައީސް އިސްމާޢީލް ޢަލީ އެވެ.

މިއިންތިޚާބުގައި ސިޔާމްއަށް 9 ވޯޓު ލިބުނުއިރު، އިސްމާޢީލް ޢަލީއަށް ލިބިފައިވަނީ 6 ވޯޓެވެ. މިއިންތިޚާބުގައި ވޯޓު ލިބުމުގެ ހައްގު ލިބުނު 18 މީހުންގެ ތެރެއިން ވޯޓު ލާފައިވަނީ 15 ފަރާތަކުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.