ސަންޖޭ އާއި ރަވީނާގެ ފިލްމު ގެ ޕޯސްޓަރު ދައްކައިލައިފި

ސަންޖޭ އާއި ރަވީނާގެ ފިލްމު ގެ ޕޯސްޓަރު ދައްކައިލައިފި

Author
ފާތިމަތު ނާވީ
25 ޖުލައި 2024 12:36
0

ބޮލީވުޑްގެ ކުރީގެ މަގުބޫލު ދެތަރިން ކަމުގައިވާ ސަންޖޭ ދަތް އާއި ރަވީނާ ޓަންޑަން އެކުގައި ފެނިގެންދާ ފިލްމް "ގުޅްޗާޅީ" ގެ ޕޯސްޓަރު ދައްކާލައިފިއެވެ.

މި ފިލްްމ އަކީ ދުވަސްގަނޑަކަށް ފަހު ކުރީގެ ދެތަރިން އެކުގައި ފެނިގެންދާ ފިލްްމްއެކެވެ. އެތަރިންގެ މަޝްހޫރު ކަން އެންމެ ބޮޑު ދުވަސްވަރުގައި ދެތަރިންނަކީ ވެސް ވަރަށް ކާމިޔާބު ދެތަރިންނެވެ.

2022 ގައި މަސައްކަތް ފެށި މި ރޮމޭންޓިކް-ކޮމެޑީ ސިނަމާތަކަށް ގެނައުމުގެ ބަދަލުގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ސްޓްރީމިން ޕްލެޓްފޯމް، ޖިއޯ ސިނެމާއިން އަންނަ މަހުގައިއެވެ.

 

View this post on Instagram

 

A post shared by Sanjay Dutt (@duttsanjay)

ބިނޯދް ކޭ ގާންދީ ލިޔެ، ޑައިރެކްޓްކުރި ފިލްމުގެ ކާސްޓްގައި މަޝްހޫރު ޓީވީ އެކްޓަރު ޕާތު ސަމްތާންގެ އިތުރުން ކުޝާލީ ޓަންޑަން ވެސް ހިމެނެ އެވެ. މިއީ "ކަސޯޓީ ޒިންދަގީ ކީ" ސީޒަން ދޭއް ފަދަ ސިލްސިލާތައް ކުޅުނު ޕާތުގެ ފުރަތަމަ ބޮލީވުޑް ފިލްމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.