ޖާންވީ ހޮސްޕިޓަލުން ދޫކޮށްލައިފި

ޖާންވީ ހޮސްޕިޓަލުން ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
23 ޖުލައި 2024 11:14
0

ކާނާ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ބޮލީވުޑްގެ އެކްޓްރެސް ޖާންވީ ކަޕޫރްގެ ހާލު ރަނގަޅުވުމުން އޭނާ ހޮސްޕިޓަލުން ގެއަށް އިއްޔެ ދޫކޮށްލައިފި އެވެ.

ކާންވީގެ ބައްޕަ ބޯނޭ ކަޕޫރް އިންޑިއާގެ ނޫހެއް ކަމަށްވާ "ޓައިމްސް ނައު" އަށް ބުނީ ޖާންވީގެ ހާލު މިހާރު ވަރަށް ބޮޑަށް ރަނގަޅު ވެއްޖެ ކަމަށެވެ. އަދި ހޮސްޕިޓަލުން އޭނާއަށް ވަރަށް ރަނގަޅަށް ފަރުވާދިން ކަމަށް ވެސް އޭނާ ބުންޏެވެ.

 

View this post on Instagram

 

A post shared by Janhvi Kapoor (@janhvikapoor)

 

އުމުރުން 27 އަހަރުގެ ބަތަލާ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ވަނީ މީގެ ދެދުވަހެއް ކުރިންނެވެ. ޖާންވީ އެޑްމިޓްކޮށްގެން ފަރުވާ ދެނީ ކާނާ ވިހަވެގެން ދިމާވި ސިއްހީ މައްސަލަތަކާ ގުޅިގެންނެވެ.

ޖާންވީ އެޑްމިޓްކޮށްފައި މި ވަނީ އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ހަމަޖެހިފައިވާ އޭނަގެ އާ ފިލްމު "އުލާޖް" ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި ބިޒީކޮށް އުޅެނިކޮށެވެ. މި ފިލްމް އަކީ ވަރަށް އުންމީދީ ފިލްމްއެކެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.