"ހަތުރޯން ކޭ ކިލާޅީ 14″ މި މަހު 27 ގައި

"ހަތުރޯން ކޭ ކިލާޅީ 14″ މި މަހު 27 ގައި

Author
ފާތިމަތު ނާވީ
22 ޖުލައި 2024 11:16
0

ކަލާސް ޓިވީގެ ރިއަލިޓީ ޝޯވ "ހަތުރޯން ކޭ ކިލާޅީ" ގެ 14 ވަނަ ސީޒަން  މި މަހުގެ 27 ވަނަ ދުވަހުގެ ރޭ ޕްރީމިއާކުރަން ނިންމައިފި އެވެ.

ތާރީހާ އެކު މިހާރު އަންނަނީ ޝޯގެ އާ ޕްރޮމޯތަކެއް ވެސް ދައްކަމުންނެވެ. "ހަތުރޯން ކޭ ކިލާޅީ" އަކީ އެމެރިކާގެ ޓީވީ ޝޯ "ފިއާ ފެކްޓާ" ގެ އިންޑިއާގެ ވާޝެނެވެ. އެ ގައުމުގެ ޓީވީ އިންޑަސްޓްރީގެ މަޝްހޫރު ސެލެބްރިޓީންނާ އެކި ގެނެސްދޭ ޝޯގައި ފެންނާނީ ވަރުގަދަ އަދި އެހާމެ ނުރައްކާތެރި ސްޓަންޓްތައް ހަދާ ތަނެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

މި ޝޯވ ގެ 14 ވަނަ ސީޒަން ފެށުމަށް ތައްޔާރުވަމުން އަންނަ އިރުގައި މި ފަހަރުގެ ޝޯވ އިން ވެސް ގިނަ އަދެއްގެ މަޝްހޫރު މޫނުތަށް ފެނިގެންދާނެއެވެ. މި ޝޯވ އަކީ މަޝްހޫރު މީހުން ވާދަ ކުރާ ޝޯވ އެކެވެ.

މި ސްޓަންޓް ރިއަލިޓީ ޝޯ މިފަހަރު ވެސް ހޯސްޓް ކުރަނީ މަޝްހޫރު ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. މީ އޭނާ މި ޝޯވ ހޯސްޓް ކުރާ 9 ވަނަ ފަހަރެވެ. މި ސިލްސިލާގެ ސީޒަން 5 ހަކުން ފެށިގެން ހޯސްޓު ކުރަމުން އަންނަނީ އޭނާއެވެ.

 

View this post on Instagram

 

A post shared by ColorsTV (@colorstv)

"ހަތުރޯން ކޭ ކިލާޅީ 14″ ގެ ބައިވެރިންގެ ތެރޭގައި "ބިގް ބޮސް 13″ ގައި ވާދަކޮށް ދެވަނަ އަށް ދިޔަ އާސިމް ރިޔާޒާއި ޓައިގާ ޝްރޮފްގެ ކޮއްކޮ ކްރިޝްނާ ޝްރޮފާއި "ޖަލަކް ދިކްލާ ޖާ 10″ ގެ ބައިވެރިއެއް ކަމަށްވާ ޓީވީ އެކްޓަރު ގަޝްމީރު މަހާޖާނީ އާއި "ބިގް ބޮސް 17″ ގައި ފެނިގެންދިޔަ އެކްޓަރު ސަމާތު ޖުރެލް އާއި އަބީޝޭކް ކުމާރު ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.