ދަރިފުޅުގެ އަލަތު ފޮޓޯ އާއި އެކުގައި އަލީ ބުނަނީ އެއީ ލިބުނު ބޮޑު ރަހުމަތެއް ކަމަށް

ދަރިފުޅުގެ އަލަތު ފޮޓޯ އާއި އެކުގައި އަލީ ބުނަނީ އެއީ ލިބުނު ބޮޑު ރަހުމަތެއް ކަމަށް

Author
ފާތިމަތު ނާވީ
22 ޖުލައި 2024 10:46
0

ދަރިއަކު ލިބުމަކީ ބޮޑު ތަހުމަތެއް ކަމަށް ބުނެ ދަރިފުޅު ގެ ފުރަތަމަ ފޮޓޯ އެކްޓަރު އަލީ ފަޒަލް އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާ ކޯށްފިއެވެ. މި ފޮޓޯގައި އެކުއްޖާ ގެ މޫނު ފެނިގެންނެއް ނުދެއެވެ.

އަލީ އާއި ބަތަލާ ރިޗާ ޗައްޑާ އަށް ކުއްޖަކު ލިބުނީ މިދިއަ ހަފްތާގެ އަންގާރަ ދުވަހުގައިއެވެ. މިއީ މި ދެތަރިންގެ ވެސް އަލަތު ދަރިފުޅެވެ. އެ ދެމަފިރިންނަށް ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

 

View this post on Instagram

 

A post shared by ali fazal (@alifazal9)

 

އަލީ އާއި ރިޗާ ރަށްޓެހިވީ އެ ދެމީހުން އެކުގައި މަސައްކަތް ކުރި ފިލްމު "ފުކްރޭ"ގެ ޝޫޓިންގެ ތެރެއިން 2013 ވަނަ އަހަރު އެވެ. އެ ދެމީހުން ކައިވެނިކުރީ ކޮވިޑްގެ ދުވަސްވަރު 2020 ވަނަ އަހަރު އެވެ. ނަމަވެސް ކައިވެނި ޕާޓީ ބޭއްވީ އޭގެ ދެ އަހަރު ފަހުން 2022 ވަނަ އަހަރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.