މުޙައްމަދު ޖަމާލުއްދީން ސްކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމުހެ ރަސްމިއްޔާތު ބާއްވައިފި

މުޙައްމަދު ޖަމާލުއްދީން ސްކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމުހެ ރަސްމިއްޔާތު ބާއްވައިފި

Author
ހުސައިން
20 ޖުލައި 2024 10:34
0
ފުވައްމުލަކު ސިޓީ، މުޙައްމަދު ޖަމާލުއްދީން ސުކޫލާއި ޏ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމުހެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ވަނީ ބައިވެެރި ވެފައެވެ.
މުޙައްމަދު ޖަމާލުއްދީން ސުކޫލުގައި މިއަދު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް، އަލްފާޟިލް އަސްލަމް ރަޝީދެވެ.
ކެޑޭޓުންނަށް ހުވާ ލައިދިނުމާއި ހަތިޔާރު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، އެ ދެ ސްކޫލުގެ 68 ކެޑޭޓުންނަށް ހަތިޔާރު ހަވާލުކޮށްދެއްވީ، މޭޖަރ ޢަބްދުﷲ ނަސީމްގެ އިތުރުން ކެޕްޓަން ނާމިލް ޢަބްދުލްޤަފޫރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.