"ޕިރު އާއީ ހަސީން ދިލްރުބާ" އަންނަ މަހު ނުވައެއްގައި ނެޓްފްލިކްސް އަށް

"ޕިރު އާއީ ހަސީން ދިލްރުބާ" އަންނަ މަހު ނުވައެއްގައި ނެޓްފްލިކްސް އަށް

Author
ފާތިމަތު ނާވީ
21 ޖުލައި 2024 03:59
0

ބޮލީވުޑްގެ ކާމިޔާބު ފިލްމު "ހަސީން ދިލްރުބާ"ގެ ދެވަނަ ބައި "ފިރް އާއީ ހަސީން ދިލްރުބާ" އަންނަ މަހު ނެޓްފްލިކްސް އިން ޕްރީމިއާ ކުރަން ނިންމައިފި އެވެ.

އަންނަ މަހުގެ 9 ގައި ބެލުންތެރިންނަށް ދޫކޮށްލަން ހަމަޖެހިފައިވާ ފިލްމުގެ ޕޯސްޓަރު ތަކެއް ވެސް ނެޓްފްލިކްސް ވަނީ މިހާރު ދައްކައިލައިފިއެވެ. އެ ޕޯސްޓަރު ތަކުގައި ވަނީ އަންނަ މަހުގެ 9 ގައި ފިލްމް ސްޓްރީމް ކުރާނެ ކަން އިއުލާން ކޮށްފައިއެވެ.

"ޕިރު އާއީ ހަސީން ދިލްރުބާ" ވެސް ފުރަތަމަ ބައިގެ ސްކްރީން ރައިޓަރު ކަނިކާ ދިލަންގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ އިރު، ފިލްމު ޑައިރެކްޓްކުރީ ޖޭޕްރާދު ދެސާއި އެވެ. "ފިރް އާއީ ހަސީން ދިލްރުބާ" އަކީ ލޯތްބާއި ދޯކާ އަދި ކުށުގެ މައްޗަށް ބިނާކޮށްފައިވާ ތުރިލާ ފިލްމެކެވެ.

 

View this post on Instagram

 

A post shared by Netflix India (@netflix_in)

ކުރީގެ ބަޔާ އެއްގޮތަށް އާ ފިލްމުގައި ވެސް މުހިއްމު ރޯލުތަކުން ތާޕްސީ ޕައްނީ އާއި ވިކްރާންތު މަސީ ފެނިގެން ދާނެ އެވެ. އަދި ކުރީގެ ބައިގައި ހާޝްވަރުދަން ރާނާ ހިމެނުނު އިރު، ދެވަނަ ބައިގައި ދެން އެންމެ މުހިއްމު ރޯލަކުން ފެންނާނީ އެކްޓަރު ވިކީ ކޯޝަލްގެ ކޮއްކޮ ސަނީ ކޯޝަލް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.