ބޮޑު ޑްރާމާ ގަނޑަކަށް ފަހު ނަތާޝާއާއި ހާރްދިކް ވަރިވިކަން އިއުލާން ކޮށްފި

ބޮޑު ޑްރާމާ ގަނޑަކަށް ފަހު ނަތާޝާއާއި ހާރްދިކް ވަރިވިކަން އިއުލާން ކޮށްފި

Author
ފާތިމަތު ނާވީ
20 ޖުލައި 2024 01:02
0

ބޮޑު ޑްރާމާ ގަނޑަކަށް ފަހު ބަތަލާ ނަތާޝާ ސްޓޭންކޮވިކް އާއި ކްރިކެޓް ކުޅުންތެރިޔާ ހާރްދިކް ޕަންޑްޔާގެ ކައިވެނި ރޫޅިފައިވާ ކަމަށް އިއުލާން ކޮށްފިއެވެ.

މީގެ ދެމަހެއްހައި ދުވަސް ކުރިން އެކައިވެނީގައި މައްސަލަ ޖެހި ކައިވެނި ރޫޅުމަކަށް އައިސްފައިވާކަން މީޑިއާއިން އިއުލާން ކުރި ނަމަވެސް އެމީހުން ވަނީ އެކަން ދޮގުކުރުމުގެ ގޮތުތުން ޑްރާމާ ގަނޑެއް ކުޅެފައިއެވެ.

އެގޮތުން ދެމީހުން އެކުގައި ފޮޓޯތަކެއް ނަގައި ސޯޝަލް މީޑިއާގައި އާންމުކުރުމުގެ އިތުރުން ވަނީ ޗުއްޓީއަށް ވެސް އެކުގައި ގޮސްފައިއެވެ. އެ ހަބަރުތަކަށް ބީރު ކަންފަތެއް ދީގެން ތިބުމަށްފަހު އިއްޔެ ވަނީ އިންސްޓަގްރާމް ގައި ދެމީހުން އެކުވެގެން ބަޔާނެއް ނެރެފައިއެވެ.

ސޯޝަލް މީޑިއާގައި ދެމީހުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަކިވާން ނިންމި ނިންމުމަކީ ދެ މީހުންވެސް އެއްބަސްވެގެން އެއީ އެންމެ ރަނގަޅު ގޮތަށްވާތީ ނިންމި ނިންމުމެއް ކަމަށެވެ.

 

View this post on Instagram

 

A post shared by @natasastankovic__

ލޯބީގެ ގޮތުން ގުޅިގެން މާގިނަ ދުވަހެއް ނުވެ އެމީހުން ވަނީ ކައިވެނި ކޮށްފައިއެވެ. އެދެމީހުން ކައިވެނި ކުރީ 2020 ވަނަ އަހަރުގައިއެވެ. އަދި މިދިއަ އަހަރު ވަނީ އެމީހުން ކައިވެނި އައު ވެސް ކޮށްފައިއެވެ. އެ ދެމަފިރިންނަށް ވަނީ 2020 ވަނަ އަހަރު ދަރިއަކު ވެސް ލިބިފައިއެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.