މުހިންމު މަޝްވަރާތަކަކަށް 3 ވަޒީރަކު ޗައިނާއަށް

މުހިންމު މަޝްވަރާތަކަކަށް 3 ވަޒީރަކު ޗައިނާއަށް

Author
ހުސައިން
20 ޖުލައި 2024 11:54
0

ރަސްމީ ދަތުރުފުޅެއްގައި ތިން ވަޒީރަކު މިއަދު ޗައިނާއަށް ފުރާ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިއީ ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. ފޮރިން މިނިސްޓަރު މޫސާ ޒަމީރު އިސްކޮށް ހުންނަވައި ކުރައްވާ މި ދަތުރުފުޅުގައި ދެން ބައިވެރިވެވަޑައިގަންނަވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.

މިނިސްޓަރު ޒަމީރާއި ޗައިނާގެ ފޮރިން މިނިސްޓަރު މި ދަތުރުގައި ރަސްމީ ވާހަކަތައް ބޭއްވެވުމުގެ އިތުރުން ޗައިނާގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހަތަރު ދުވަހުގެ މި ދަތުރުގައި، ރާއްޖޭގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާ އެކު ވެސް ބައްދަލުވުމެއް އޮންނާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފާްއިތުވި ހަފުތާ ޗައިނާއިން ކަނޑައަޅުއްވާފައިވާ ސަފީރު ވަން ލިޒިން ވަނީ އީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައި ރާއްޖެއިން މިވަގުތު އެންމެ ބޭނުންވާނެ ކަންކަން އޮޅުން ފިލުއްވައި، އެކަންކަމުގައި ޗައިނާ ސަރުކާރުގެ އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.