ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކްރިތީ ސެނޮން 2،000 އަކަފޫޓުގެ ބޮޑު ބިމެއް ގަނެފި އެވެ.
ކްރިތީ ބޮޑު ބިމެއް ގަނެފައި ވަނީ އިންޑިއާގެ އަލިބާގުނެވެ. އަލިބާގަކީ މުމްބާއީގެ ދެކުނުން އޮންނަ އައްސޭރިފަށުގެ އަވަށެކެވެ.މުމްބާއީ އިން 60 މިނެޓުގެ ކަނޑު ދަތުރަކަށް ފަހު ދެވޭ ހިތްގައިމު މި އަވަށަކީ ބޮލީވުޑްގެ އޭ- ލިސްޓް ތަރިން ބޮޑު އަގުގައި ގެތައް ގަންނަ މަޝްހޫރު މަންޒިލެކެވެ.
ބިމެއް ގަނުމަށް ފަހު ކްރިތީ ވަނީ ސޯޝަލް މީޑިއާގައި އެކަން އިއުލާން ކޮށްފައިއެވެ. މާ ކާރުބާރު ބޮޑު ނޫން އެ ސަރަހައްދަކީ ބޮލީވުޑްގެ ބިޒީ ލައިފް އިން ބޯ ހަމަ ޖައްސާލުމަށް އެންމެ އެކަށީގެންވާ އެއް މަންޒިލް ކަމުގައިވެއެވެ.
ގައުމީ ފިލްމު އެވޯޑު ވެސް ލިބިފައިވާ ބަތަލާ އަކީ ފިލްމް ތަކުގައި އެކްޓް ކުރުމުގެ އިތުރުން އަމިއްލަ ޕްރޮޑަކްޝަން ހައުސް އެއްވެސް ހިންގާ ތަރިއެކެވެ. އަދި އޭނާ އަކީ މިވަގުތު ބޮލީވުޑްގެ ޑިމާންޑް ބޮޑު ތަރިންގެ ތެރެއިން ތަރިއެކެވެ. ކްރިތީ އެންމެ ފަހުން ފެނިގެންދިޔައީ އޭނާގެ އަމިއްލަ ފިލްމް ކުންފުނީގެ ފިލްމް "ކްރޫ" އިނެވެ.
ކޮމެންޓު ފޮނުވާ