މާލެއާއި އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިހަބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުން ފަށައިފިއެވެ.
މާލެއާއި އިތުރު ތިން ރަށެއްގެ ކައުންސިލްގެ ހުސްވެފައިވާ މެމްބަރުކަމަށް އިންތިހަބު ކުރުމަށްޓަކައި ބާއްވާ ބައި-އިލެކްޝަންގެ ވޯޓުން ފަށައިފިއެވެ.
މިއަދު ހެނދުނު 8:00 އިން 4:00 އަށް ވޯޓުލުން ކުރިއަށްދަނީ މާލޭ ސިޓީ ކައުންސިލްގެ ހުސްވެފައިވާ ތިން މަގާމަށް މެމްބަރުން އިންތިހާބު ކުރުމާއި، ހދ. ކުޅުދުއްފުށި ކައުންސިލް، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިހާބު ކުރުމުގެ އިތުރުން ބިލެތްދޫ ކައުންސިލްގެ ރައީސްއަކު އިންތިހާބު ކުރުމަށެވެ.
މާލޭ ކައުންސިލްގެ ހުސްވެފައިވާ ދާއިރާތަކަށް ކުރިމަތިލައްވާފައިވަނީ ވެރިކަން ކުރާ ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުންނެވެ. ސިޓީ ކައުންސިލްގެ އެ މަގާމުތައް ހުސްވެފައިވަނީ، އެ މަގާމުގައި ތިއްބެވި މެމްބަރުން މަޖިލިސް އިންތިހާބުގައި ވާދަކޮށް، ގޮނޑި ކާމިޔާބު ކުރެއްވުމުންނެވެ.
ކެނޑިޑޭޓުންގެ ތަފްސީލް:
ހެންވޭރު ހުޅަނގު ދާއިރާ:
- ފާތިމަތު ޝައުފާ ސަލީމް (ޕީއެންސީ)
- މުހައްމަދު އަލީ ޖިނާދު (އެމްޑީޕީ)
މައްޗަންގޯޅި މެދު ދާއިރާ:
- ފާތިމަތު އިޝާން އަލީ (ޕީއެންސީ)
- ހައްވާ ޝިފާނާ (އެމްޑީޕީ)
ހުޅުމާލޭ ދާއިރާ:
- އަލީ އައިމަން (ޕީއެންސީ)
- އަހުމަދު ރަޝީދު (އެމްޑީޕީ)
ތިން ރަށުގެ ކައުންސިލް ބައި-އިލެކްޝަންގައި ވާދަކުރައްވާ ކެނޑިޑޭޓުން:
ކުޅުދުއްފުށި އުތުރު ދާއިރާ:
- އިބްރާހިމް އަހުމަދު (ޕީއެންސީ)
- ޝަމްނޫޒް މުހައްމަދު ނައީމް (އެމްޑީޕީ)
ރަސްމާދޫ:
- ޝަމްލާ ވާފިރު (ޕީއެންސީ)
- އައިޝަތު ޝަރަފިއްޔާ (އަމިއްލަ ގޮތުން)
ބިލެތްދޫ:
- އަރީހް އިސްމާއީލް (ޕީއެންސީ)
- ޝާއިލް މާހިރު (އެމްޑީޕީ)
ކޮމެންޓު ފޮނުވާ