އާންމުން ފޯރުކޮށްދިން މައުލޫމާތުގެ އަލީގައި، ގަވާއިދާ ޚިލާފަށް އުޅުނު 11 ބިދޭސީއަކު ހައްޔަރު ކޮށްފި

އާންމުން ފޯރުކޮށްދިން މައުލޫމާތުގެ އަލީގައި، ގަވާއިދާ ޚިލާފަށް އުޅުނު 11 ބިދޭސީއަކު ހައްޔަރު ކޮށްފި

Author
ހުސައިން
18 ޖުލައި 2024 10:57
0

ބިދޭސީ ބަޔަކު ހުޅުމާލޭ ގަރާޖެއްގެ މަތީގައި ހިންގަމުންދާ ކާބޯތަކެތި ޑެލިވަރީ ކުރާ ތަނަކާއި ގުޅިގެން “އިމިގްރޭޝަން ވޮޗް” އަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ބިދޭސީން އުޅޭ ދެތަނެއް ބަލައި ފާސްކޮށްފިއެވެ.

އިމިގްރޭޝަންއިން ބުނެފައިވަނީ މިއަދު އެތަން ބަލައި ފާސްކުރަން އިމިގްރޭޝަނުން ހާޒިރުވިއިރު ބިދޭސީން ދިޔައީ އެތަން ރޫޅާލާ ހުސްކުރުމުގެ މަސައްކަތް ކުރަމުންކަމުގައެވެ.

ނަމަވެސް، ގަވާއިދާ ހިލާފަށް ކާބޯތަކެތި ޑެލިވަރީ ކުރާ ތަނުގައި ތިބި ބިދޭސީ 8 މީހަކާއި ގަރާޖުން 3 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށްވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.

އަދި މިތަނާއި ގުޅޭގޮތުން ދާދި ފަހުން ސޯޝަލް މީޑިއާގައި އާއްމުން ކަންބޮޑުވުން ފާޅުކޮށްފައިވާކަން ވެސް އިމިގްރޭޝަންއިން ފާހަގަކޮށްފައި ވެއެވެ.

އިމިގްރޭޝަނުން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.

ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.

އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.