މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

މިޔަރު އުރަހަ ބޭރުކުރަން އުޅުނު މީހަކު 50،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި

Author
ޙަސަން މުޙައްމަދު
18 ޖުލައި 2024 06:18
0

ރާއްޖެ އިން ސިއްރުން މިޔަރު އުރަހަތަކެއް ބޭރުކުރަން އުޅުނު މީހަކު 50،000ރ ގެ ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި ހުކުމް ކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެއް ކަމަށްވާ މުހައްމަދު ރުޝާން ސުބިރުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރާއްޖެއިން ސިއްރުން މުދާ ބޭރުކުރަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

މި ދައުވާގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު 7:55 ހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަން އޮތް އިއްތިހާދު އެއާވޭސްގެ ފްލައިޓުން ފުރުމަށް ޑިޕަރޗަރ ސެކިއުރިޓީ ސަރަހައްދަށް ދިޔައިރު، އޭނާ ހިފައިގެން ދިޔަ އެއް ލަގެޖާއި ތިން ފޮށިގަނޑު ތެރެއިން މިޔަރު އުރަހަ އަޅައިގެން ރާއްޖެއިން ސިއްރުން މިޔަރު އުރަހަ ބޭރުކުރަން އުޅެފައިވާ ކަމަށެވެ.

އޭނާ ވަނީ މި ދައުވާ އަށް އެއްވެސް މަޖުބޫރު ކަމެއް ނެތި އިއުތިރާފްވެފަ އެވެ.

މި ދައުވާ އަށް އޭނާ އިއުތިރާފްވުމުން، މި މައްސަލައަކީ އެކަށީގެންވާ ޝައްކެއް ނެތް މިންވަަރަށް ސާބިތުވާ މައްސަލައެއް ކަމަށް މައްސަލަ ބެއްލެވި އިސް ގާޒީ އާދަމް މުހައްމަދު ވަނީ ކަނޑައަޅާފަ އެވެ. އަދި މި މައްސަލައިގައި އެ މީހާ 50،000ރ. އިން ޖޫރިމަނާ ކުރުމަށް ހުކުމްކޮށް، މި ފައިސާ މިއަދުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ހުކުމް ކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.