ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި ހާދިސާގެ މިނިވަން ތަހުގީގެއް ހެދުމަށް ޝާހިދު ގޮވާލައްވައިފި

ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި ހާދިސާގެ މިނިވަން ތަހުގީގެއް ހެދުމަށް ޝާހިދު ގޮވާލައްވައިފި

Author
ޙަސަން މުޙައްމަދު
18 ޖުލައި 2024 11:12
0

އައްޑޫ ޕޮލިސް އެކަޑަމީގައި ދަރިވަރުންތަކެއް ކާނާ ވިހަވި ހާދިސާގެ މިނިވަން ތަހުގީގެއް ހެދުމަށް އެމްޑީޕީގެ ރައީސް ޝާހިދު ގޮވާލައްވައިފިއެވެ.

ޝާހިދު ކުރެއްވި އެކްސް ޕޯސްޓުގައި ވަނީ، އައްޑޫ ޕޮލިސް އެކަޑަމީގައި ކާނާ ވިހަވި ދަރިވަރުންނަށް އަވަސް ޝިފާއެއް އެދި الله سبحانه وتعالى ގެ ކިބަފުޅަށް ދުޢާ ކުރައްވާކަމަށް ވިދާޅުވެފައިވެއެވެ.

މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާދިސާގެ މިނިވަން ތަހުޤީޤެއް ހެދުމަށް ގޮވާލަން.

ޝާހިދުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

ޕޮލިސް ކޮލެޖުގެ ކާނާވިހަވެގެން އެޑްމިޓްކުރި ދެ ދަރިވަރަކަށް އަދިވެސް އައިސިޔޫގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ، ކާނާ ވިހަވެގެން 32 ދަރިވަރުން ހޮސްޕިޓަލުގައި އެނދުމަތި ކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރެއިން އެއް ކުއްޖެއްގެ ހާލު ސީރިއަސް ކަމަށް ރޭ ފުލުހުން ވުދާޅުވެފައިވާއިރު، މިއަދު އޮފިޝަލް ވިދާޅުވީ، އެޑްމިޓް ކުރެވުނު ދެ ދަރިވަރުން ފިޔަވައި އެހެން ހުރިހާ ކުދިން ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އަދި އެޑްމިޓް ކޮށްފައި ތިބި ދެ ދަރިވަރުންނަށް ފަރުވާދެމުންދަނީ އައިސީޔޫގައި ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، ކާނާ ވިހަވެފައިވަނީ ކޮން އެއްޗެއް ކޮން އިރަކު ކައިގެންކަން ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.