ލޯބިވެރިޔާއަށް ވަޅިން ހަމަލާދީ މާރާމާރީ ހިންގިކަމުގެ ތުހުމަތުގައޮ ޒުވާނަކު ހައްޔަރު ކޮށްފިއެވެ.
މިމައްސަލާގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައިވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ކުށުގެ ރެކޯޑް އޮތް އިރު، ކޯޓުން ނެރުނު އޭނާގެ ބަންދު އަމުރުން އެގޭ ގޮތުގައި އޭނާއަކީ 26 ފަހަރު އެކި ކުށުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހެކެވެ.
އޭނާއާއި ދެކޮލަށް ފުލުހުން ވަނީ ތަހުގީގު ބަޔާނާއި ސޯކޯ ރިޕޯޓާއި މެޑިކޯ ލީގަލް ރިޕޯޓުވެސް ކުރިމިނަލް ކޯޓަށް ހުށަހަޅާފައެވެ. އަދި ކޯޓުންވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ.
ކޯޓު އަމުރުގައިވާގޮތުން އޭނާ އަނިޔާވެރި އަމަލެއް ހިންގާފައިވާކަމަށް ތުހުކުރެވޭވަރަށް ހެކި ހުށަހަޅާފައިވާކަމަށާއި، އަނެއްކާވެސް ލޯބިވެރިޔާއަށް އަނިޔާކުރުމުގެ ފުރުސަތު އޮތުމުން، ބަންދުކުރަން ނިންމީ ކަމުގައެވެ.
ކޯޓުގައި އޭނާ ބުނެފައިވަނީ ރުޅި އައިސްގެން ޒުބާކުރި ނަމަވެސް، އެއްވެސް އަނިޔާއެއް ނުކުރާ ކަމަށާއި، ދަބަހުން ފެނުނު ވަޅިއަކީ ޑައިވިނަށް ދާން ބޭނުންކުރާ ވަޅިއެއް ކަމުގައެވެ.
ކޮމެންޓު ފޮނުވާ