ތެލަށް ފެން އަޅައިގެން ވިއްކާ ވާހަކަ އެފްއެސްއެމްއިން ދޮގު ކޮށްފި

ތެލަށް ފެން އަޅައިގެން ވިއްކާ ވާހަކަ އެފްއެސްއެމްއިން ދޮގު ކޮށްފި

Author
ހުސައިން
16 ޖުލައި 2024 11:58
0

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)އިން ވިއްކި ތެލުގައި ފެން ހުރި ކަމަށް ބުނެ ދެކެވޭ ވާހަކަ އެ ކުންފުނިން ދޮގުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދަނީ، އެފްއެސްއެމްއިން ގއ އަތޮޅުގައި ވިއްކި ތެލުގައި ތެލަށްވުރެ ފެން ގިނަ ކަމަށް ބުނެ ބައެއް ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރު ކުރަމުންނެވެ.

އެފްއެސްއެމް އިން ބުނެފައިވަނީ އެ ކުންފުނިން ގއ. މާމެންދޫ އަދި ގއ. ނިލަންދުއަށް ވިއްކި ތެލުގައި ގިނަ އަދަދަކަށް ފެން ހުރިކަމަށް ލިޔެ މީސްމީޑިޔާގައި ދައުރުވަމުންދާ ހަބަރަކީ ދޮގު ޚަބަރެއް ކަމަށާއި، އެ ކުންފުނިން ވިއްކާ ތެލަކީ ކޮލިޓީ ތެޔޮކަން ޔަގީންކޮށް ދިނުމަށް ފެނަށް ޓެސްޓު ކުރެވޭނެ އިންތިޒާމް ހުރިހާ ބާޖެއްގައި އަބަދުވެސް ހަމަޖެހިފައި ހުންނާނެ ކަމަށެއެވެ.

އަދި އެކުންފުނިން ބުނެފައިވަނީ މާމެންދޫ އަދި ނިލަންދޫއަށް ވެސް ތެޔޮ ޑެލިވާކޮށްފައި ވާނީ ފެން ހުރިތޯ ބެލުމަށްފަހުގައި ކަމަށެވެ.

އަދި، ތެލުގެ ކޮލިޓީ ދެމެހެއްޓުމަށް ތެޔޮ ވިއްކާ ފަރާތްތަކުން އެކަމަށް ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ތެޔޮ ރައްކާކުރާ އިންތިޒާމުތައް ތަރައްގީ ކުރުމަށާއި ކަމާބެހޭ ފަރާތްތަކުގެ ލަފައާ އެއްގޮތަށް އަމަލު ކުރުމަށް އެފްއެސްއެމް އިން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.