ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާއާ އެކީ ޕްރަބާސް މަސައްކަތް ކުރަން ހަމަޖެހިފައިވާ ފިލްމު "ސްޕިރިޓް" ކާސްޓްގައި ބޮލީވުޑް ތަރިން ކަމަށްވާ އައިޝްވާރިއާ ރާއީ އާއި ކެޓްރީނާ ކައިފް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް މި މި ފިލްމްގެ ޓީމުން އަދި މިކަމާއި ގުޅޭ ގޮތުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައިއެއް ނުވެއެވެ. މި ދަތަރިން ފިލްމް އިން ފެނިއްޖެ ނަމަ ވެގެން ދާނީ އެދެތަރިން އެކުގައި ފެނިގެންދާ އަލަތު ފިލްމް އަށެވެ.
ސަލްމާން ހާންގެ ދެލޯބިވެރިން އެކުގައި ފިލްމް އަކުން ފެނުމަކީ ގިނަ ބަޔަކު ބަލާލުމަށް ވަރަށް ބޭނުން ވާނެ އަދި ވަރަށް އިންޓަސްޓިންގ ކަމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.
ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދާ "ސްޕިރިޓް" ގެ ކާސްޓާ ބެހޭ ގޮތުން މިހާރު މީޑިއާތަކުގައި ވަރަށް ގިނަ ވާހަކަތަކެއް ދެކެވެމުން ދިޔަ ނަމަވެސް، މިކަމާ ގުޅޭ ގޮތުން ފުލްމުގެ ޓީމުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބައެއް މީޑިއާތަކުން ބުނީ މިދިޔަ އަހަރު ރަންބީރް ކަޕޫރާ އެކީ "އެނިމަލް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓްކުރާ ފިލްމުގެ ވިލަންގެ ރޯލަށް ނަގާފައި ދަނީ ދެކުނު ކޮރެއާ ދަރިކޮޅުގެ އެމެރިކާގެ އެކްޓަރި މާ ޑޮންގް-ސިއޮކް ކަމަށެވެ.
ކޮމެންޓު ފޮނުވާ