އިޓަލީގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮން ޓިވީ ތަރި ދިވްޔަންކާ ތްރިޕާޓީ އާއި އޭނާގެ ފިރިމީހާ ވިވެކް ދާހިޔާ ގެ ޕާސްޕޯޓް އާއި ލާރިކޮޅު ވަގަށް ނަގައިފިއެވެ.
މިހާރު އިޓަލީގައި ޗުއްޓީ ހޭދަކުރަމުން އަންނަ މި ދެމަފިރިން ވަނީ މިކަން ހިނގިކަން ސޯޝަލް މީޑިއާގައި ޕޯސްޓް ކޮށްފައިއެވެ. އަދި ޕާސްޕޯޓް ވަގަށް ނެގުމުން ވަރަށް ކަންބޮޑުވުން ވަނީ ފާޅު ކޮށްފައިއެވެ.
ދިވްޔަންކާ އާއި ވިވެމްގެ ލާރިއާއި މުހިއްމު ތަކެތި ވަގަން ނަގާފައިވަނީ އެމީހުން ދަތުރުކުރި ކާރުގެ ތަޅު ހަލާކުކޮށްލައިގެންނެވެ. އެވަގުތު ކާރު އޮތީ އެމީހުން ތިބޭ ހޮޓަލުގެ ކުރިމަތީގައި ޕާކުކޮށްފަ އެވެ.
އެކާރު ތަޅު ހަލާކު ކޮށްލައިގެން ވަގަން ގެންގޮސްފައި ވަނީ ދިވްޔަންކާމެންގެ އަތުގައި ހުރި 10 ލައްކައެއްހާ އިންޑިއާ ރުޕީސް އާއި ކްރެޑިޓް ކާޑުތަކާއި ޕާސްޕޯޓުތައް އަދި އަގު ބޮޑުކޮށް ގަނެފައިވާ ބައެއް ތަކެއްޗެވެ.
މިދަމަފިން އިޓަލީއަށް ޗުއްޓީ ހޭދަކުރުމަށް ގޮސްފައިވަނީ އެމީހުންގެ ކައިވެންޏަށް އަށް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުނެވެ.