އިންތިޒާރު ކުރަމުންދިއަ ބިލިއަނަރު އަމްބާނީގެ ދަރިފުޅު ކައިވެނިކޮށްފި

އިންތިޒާރު ކުރަމުންދިއަ ބިލިއަނަރު އަމްބާނީގެ ދަރިފުޅު ކައިވެނިކޮށްފި

Author
ފާތިމަތު ނާވީ
15 ޖުލައި 2024 11:43
0

އިންޑިއާގެ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ  ހުކުރު ދުވަހު ކައިވެނިކޮށްފިއެވެ.

މި ކައިވެންޏަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިއަ ކައިވެންޏެކެވެ. މިކައިވެނީ ގެ އެކި އެކި ފަންގްޝަން ތަށް މިއަހަރު ފެށުމާއި އެކުގައި ވަނީ ކުރިއަށް ގެންގޮސްފައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އެމީހުންގެ މުއްސަދި ކަމާއި ހައިބަތު މިއިން ކޮންމެ ފަންގްޝަންއެއްގައި ފެނިގެންދެއެވެ. އެގޮތުން ދުނިއޭގެ އެކި ކަންކޮޅުތަކުގެ މަޝްހޫރު ސެލެބްރިޓީން ވަނީ މި ޕްރި ފަންގްޝަންގައި ބައިވެރިވެ ހުށައެޅުންތަށް ގެނެސްދީފައިއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

ވަރަށް ދިގު ދެމިގެންދިއަ މި ކައިވެނި މިދިއަ ހުކުރު ދުވަހު ކުރެވިފައިވާ އިރުގައި މި ހަފަލާގައި އިންޑިއާގެ ނަން މަޝްހޫރު މޫނުތަށް ވަނީ ފެނިގެން ގޮސްފައިއެވެ. އެގޮތުން ބޮލީވުޑް އާއި ސިޔާސީ ދާއިރާ އާއި ކުޅިވަރުގެ ދާއިރާ އާއި ވިޔަފާރީ ދާއިރާ، މިހެން ގޮސް ނަން ހުސްކޮން މަޝްހޫރު މޫނުތަށް ފެނިގެން ގޮސްފައި ވެއެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އެ ރަސްމިއްޔާތު ދުނިޔޭގެ ފެންވަރުގައި ބޭއްވޭ އެންމެ ކުލަގަދަ ހަފްލާއަށް ވަނީ ހަދާފައެވެ. މި ކައިވެންޏަށް މުޅި އިންޑިއާ އަދި ބޭރުގައުމުތަކުން ވެސް މެހެމާނުން ވަނީ ޒިޔާރަތްކޮށްފައެވެ.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

އަމްބާނީގެ އެންމެ ހަގު ދަރިފުޅު އުމުރުން 29 އަހަރުގެ އަނަންތު ކައިވެނި ކުރީ އޭނާގެ ގިނަ ދުވަސްވީ ލޯބިވެރިޔާ ރާދިކާ މާޗެންޓް އާއެވެ. މި ކައިވެނި  ކުރެވުނުއިރު ކައިވެނީގެ އުފަލުގައި 3 ދުވަސް ވަންދެން ކުލަގަދަކޮށް ރިސެޕްޝަންތައް ބާއްވަން ވަނީ ނިންމާފައެވެ. 

މީގެ އިތުރުން ހޮލީވުޑް ސެލެބްރިޓީން ނާއި ގައުމު ގައުމުގެ ރައީސުން ވެސް ވަނީ މިކައިވެނި ހަފްލާގައި ބައިވެރި ވެފައިއެވެ. އަދި ހަމަ އެއާއި އެކުގައި ކައިވެނި ކުރެވިގެން ގޮސްފައިވަނީ ވަރަށް ގްރޭންޑްކޮށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.